ޔަމަނުގެ ރިޔާސީ ގަނޑުވަރު ހަނގުރާމަވެރިންގެ އަތްދަށަށް

ޔަމަނުގެ ރިޔާސީ ގަނޑުވަރުގެ ތެރެއަށް ޝިއީތޭ ހޫތީ ހަނގުރާމަވެރިން ވަދެ، އެ ގަނޑުވަރުގެ ކޮންޓްރޯލް ހޯދާފައިވާއިރު ބަގާވާތަކުން ވެރިކަށް ބަދަލުވެދާނެ ކަމުގެ ބިރު ހީވެފައިވާކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފ...

20 Jan 2015 | 18:10

ޔަމަނުގެ ރިޔާސީ ގަނޑުވަރުގެ ތެރެއަށް ޝިއީތޭ ހޫތީ ހަނގުރާމަވެރިން ވަދެ، އެ ގަނޑުވަރުގެ ކޮންޓްރޯލް ހޯދާފައިވާއިރު ބަގާވާތަކުން ވެރިކަށް ބަދަލުވެދާނެ ކަމުގެ ބިރު ހީވެފައިވާކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

އެގޮތަށް ހީވާކަމަށް ބައެއް މުރާސިލުން ބުނެފައިވާއިރު ޔަމަނުގެ ރިޔާސީ ގަނޑުވަރުގެ ކޮންޓްރޯލު ގެއްލިފައިވާކަން އެގައުމުގެ އިންފޮމޭޝަން މިނިސްޓްރީން ވަނީ ސީއެންއެން އަށް ކަށަވަރު ކޮށްދީފަ އެވެ.

ސީއެންއެންއަށް މައުލޫމާތު ދެއްވަމުން އެގައުމުގެ އިންފޮމޭޝަން މިނިސްޓަރު ސައްފާކް ވިދާޅުވީ "އެގައުމަށް ބަގާވާތެއް ގެނެސްފައިވާކަމަށް ގަބޫލު ކުރާ ކަމަށެވެ" އަދި ރައީސަށް މިހާރު ކޮންޓްރޯލެއް ނެތް ކަމަށެވެ.

ޔަމަނުގެ ސިފައިންނާ ހޫތީންނާ ދެމެދު އިއްޔެއާއި މިއަދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައިވާއިރު އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ އެ ކުރިމަތިލުންތަކުގައި ނުވަ މީހަކު މަރުވި ކަމަށާއި 67 މީހަކު ޒަހަމްވި ކަމަށެވެ.

ރިޔާސީ ގަނޑުވަރުގެ ކޮންޓްރޯލް ހޯދާފައިވާއިރު ހޫތީން ވަނީ އެގައުމުގެ ބޮޑުވަޒީރުވެސް އިއްޔެ ހިސާރު ކޮށްފަ އެވެ. މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނަނީ މިހާރު އެގައުމުގައި ބަގާވާތެއް އެވަނީ ކާމިޔާބު ކޮށްފައިކަމަށާއި ދެން މާ ގިނަ އިރެއްނުވެ ރައީސް އިސްތިއުފާ ދެއްވަން މަޖުބޫރު ވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް