ނާޒިމްގެ އެޕާޓްމެންޓުން ނުރައްކާތެރި ހަތިޔާރު ފެނުނު: ޕޮލިސް

ނާޒިމްގެ ގެއިން ހަތިޔާރު ފެނުނު ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން މިކަން ހާމަކުރީ އެކަމަށްޓަކައި އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮމ...

20 Jan 2015 | 12:09

ނާޒިމްގެ ގެއިން ހަތިޔާރު ފެނުނު ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިކަން ހާމަކުރީ އެކަމަށްޓަކައި އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮމިޝަނަރު އޮފް ޕޮލިސްގެ ތަރުޖަމާން ސުޕްރިޑެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އެގެއަށް ފުލުހުންވަނީ މާލޭ ގެއެއްގައި ހަތިޔާރު ގެންގުޅޭ ކަމަށް މައުލޫމާތު ލިބުމުން އެކަން ވަރަށް ގާތުން ބަލަމުންގޮސް ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އަދި އެ ގެއަށް ފުލުހުން ވަތް އިރު އެއީ ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމްގެ ގެ ކަން ނޭންގޭ ކަމަށާއި އެހެންނަމަވެސް އެވަގުތު އެގޭގައި ނާޒިމް ހުރުމުން ބަލާ ފާސްކުރީ ނާޒިމަށް ދޭން ޖެހޭ ގަދަރާ އިއްޒަތް ދީގެން ކަމަށެވެ.

އަދި ފުލުހުން އެ އޮޕަރޭޝަންގައި އަމަލުކޮށްފައިވަނީ "ބެސްޓް ޕްރެކްޓިސް" އަށް ކަމަށްވެސް ޝިފާން ވިދާޅުވި އެވެ.

ތަފްސީލް އަންނަނީ ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް