އެކުގަ އުޅެފަ މިސްރާބު ބަދަލުކުރީތީ ދެރަވޭ: އަދީބު

ކުރީގެ ޑިފެންސް މިނިސްޓާ މުހައްމަދު ނާޒިމް އިދިކޮޅު ފަރާތްތަކާއި ގުޅީގެން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ނުކުންނާނެކަމަށް ވިދާޅުވުމަކީ ހިތާމަ ކުރައްވާކަމެއްކަމަށް ޓޫރިޒަމް މިނިސްޓާ އަހުމަދު އަދީބު ވިދ...

20 Jan 2015 | 10:51

ކުރީގެ ޑިފެންސް މިނިސްޓާ މުހައްމަދު ނާޒިމް އިދިކޮޅު ފަރާތްތަކާއި ގުޅީގެން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ނުކުންނާނެކަމަށް ވިދާޅުވުމަކީ ހިތާމަ ކުރައްވާކަމެއްކަމަށް ޓޫރިޒަމް މިނިސްޓާ އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

އަދީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެކުގައި މަސައްކަތް ކުރި އެކުވެރިޔަކު ކޮޅު ބަދަލުކޮށް އެހެން މަގަކުން ދާން ނިންމުމަކީ އަމިއްލަ ހައިސިއްޔަތުން ހިތާމަ ކުރާ ކަމެއް ކަމަށެވެ.

https://twitter.com/Ahmed_Adeeb/status/557489884194013186

އެ ޓުވީޓުގައި އެއީ ކޮން ބޭފުޅެއް ކަމެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނަވަނިކޮށް ޑިފެންސް މިނިސްޓަރު ކަމުން މުހައްމަދު ނާޒިމް ވަކި ކުރެއްވުމުން މިއަދު އޭނާ ވަނީ ދުވަސްކޮޅަކަށް ފަހު ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރައްވާނެކަން ރަސްމީކޮށް އިއުލާން ކުރައްވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް