މިއަދު އައްޔަން ކުރެވުނު ރާއްޖޭގެ އާ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް މަރުހަބާ ދަންނަވައިފި އެވެ.
މޫސާ އަލީ ޖަލީލަށް ރައީސް މައުމޫން މަރުހަބާ ދެންނެވީ ދެންމެ ކުރެއްވި ޓްވީޓެއްގަ އެވެ.
https://twitter.com/maumoonagayoom/status/557472780640198657
ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ނާޒިމް ވަކިކޮށް އެ މަގާމަށް މޫސާ އަލީ ޖަލީލު އައްޔަނު ކުރެއްވީ އެކަމަށްޓަކައި ރައީސް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް ވިދާޅުވީ، ޑިފެންސް މިނިސްޓަރު ކަމުން ނާޒިމް ވަކި ކުރެއްވީ ބެލެމުންދާ މައްސަލައަކާއި ގުޅިގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް