ޖޭއެސްސީގެ މެމްބަރު ކަމަށް ފަނޑިޔާރު އަލީ ހަމީދު އައްޔަން ކުރައްވައިފި

ޖޭއެސްސީގެ މެމްބަރު ކަމަށް ފަނޑިޔާރު އަލީ ހަމީދު އައްޔަން ކުރައްވައިފި އެވެ. ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ހަމަޖެއްސެވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއ...

20 Jan 2015 | 09:01

ޖޭއެސްސީގެ މެމްބަރު ކަމަށް ފަނޑިޔާރު އަލީ ހަމީދު އައްޔަން ކުރައްވައިފި އެވެ.

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ހަމަޖެއްސެވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ޙަވާލު ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސް އޮފީހުން ވިދާޅުވީ މިރަސްމިއްޔާތުގައި ލިޔުން ޙަވާލު ކުރެއްވުމުގެ ކުރިން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދުގެ ކުރިފުޅުމަތީގައި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވައި، އޮނަރަބަލް އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދު ކުރެއްވި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް