މިނިސްޓަރު ކަމުން ނާޒިމް ވަކިކޮށް އެ މަގާމަށް މުސާ އަލީ ޖަލީލު

ޑިފެންސް މިނިސްޓަރުގެ މަގާމުން ނާޒިމް ވަކިކޮށް އެ މަގާމަށް މަގާމަށް މޫސާ އަލީ ޖަލީލު ހަމަޖައްސައިފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް ވިދާޅުވީ ނާޒިމް އެ މަގާމުން ވަކި ކުރެއްވީ ބަލަމުނ...

20 Jan 2015 | 08:45

ޑިފެންސް މިނިސްޓަރުގެ މަގާމުން ނާޒިމް ވަކިކޮށް އެ މަގާމަށް މަގާމަށް މޫސާ އަލީ ޖަލީލު ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް ވިދާޅުވީ ނާޒިމް އެ މަގާމުން ވަކި ކުރެއްވީ ބަލަމުންދާ  މައްސަލައަކާއި ގުޅިގެން ކަމަށެވެ.

މޭޖަރ ޖެނެރަލް (ރޓ) މޫސާ ޢަލީ ޖަލީލަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސް އޮފީހުން ވިދާޅުވީ މޭޖަރ ޖެނެރަލް (ރޓ) މޫސާ ޢަލީ ޖަލީލަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ކުރިން، އެމަނިކުފާނު ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމުގެ ހުވާ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދުގެ ކުރިފުޅުމަތީގައި ކުރެއްވި ކަމަށެވެ.  ހުވާކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤްރާރުގައި އެމަނިކުފާނު ސޮއިކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް