އުމުރުން ފަސް އަހަރުގެ އަންހެން ކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 88 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ، 2015 ޖެނުއަރީ 17 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން 2015 ޖެނުއަރީ 18 ވަނަ ދުވަހުގެ 17:30 ހާއިރު ކޯޓު އަމުރެއްގެ ދަށުންނެވެ.
މި މައްސަލައާ ގުޅިގެން އެމީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން ވަނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް 10 ދުވަސް ދީފައި އެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަޙުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް