ޕީޕީއެމްގެ މީޑިއާ ކޯޑިނޭޓަރުކަން ފާރިޝް މައުމޫނަށް

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ މީޑިއާ ކޯޑިނޭޓަރުކަން ފާރިޝް މައުމޫނަށް ދީފި އެވެ. ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ދަރިކަލުން ފާރިޝް އެމަގާމަށް ހަމަޖައްސާފައިވަނި ރޭ އޮތް އެޕާޓީގެ ކައުންސިލް...

20 Jan 2015 | 06:55

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ މީޑިއާ ކޯޑިނޭޓަރުކަން ފާރިޝް މައުމޫނަށް ދީފި އެވެ.

ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ދަރިކަލުން ފާރިޝް އެމަގާމަށް ހަމަޖައްސާފައިވަނި ރޭ އޮތް އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ބުނާގޮތުން މީޑިއާ ކޮމެޓީގައި ސްޕޯކްސްޕާސަންއެއްގެ އިތުރުން މީޑިއާ ކޯޑިނޭޓަރެއް ހުންނަންޖެހޭނެ ކަމަށެވެ.

މީޑިއާ ކޯޑިނޭޓާރެއް އައްޔަން ކުރުމުގެ އިތުރުން ރޭގެ ބައްދަލުވުމުގައި ވަނީ ޕީޕީއެމްގެ ގައުމީ ޖަލްސާ ބޭއްވުމާއި މެދު ވެސް މަޝްވަރާކޮށްފަ އެވެ. އަދި ގައުމީ ޖަލްސާ ބާއްވަން ކައުންސިލުން ނިންމާފައިވަނީ އަންނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް