އެމްޑަބްލިއުއެސްސީގެ އެމްޑީއަކަށް ފަޒުލް ހަމަޖައްސައިފި

މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހިމް ފަޒުލް ހަމަޖައްސައިފިއެވެ. ރައީސް އޮފީހުން ބުނީ ޕްރައިވަޓައޮޒޭޝަން ބޯޑުން ފަޒުލް އެމަގާމަށް އަ...

20 Jan 2015 | 06:48

މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހިމް ފަޒުލް ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުން ބުނީ ޕްރައިވަޓައޮޒޭޝަން ބޯޑުން ފަޒުލް އެމަގާމަށް އައްޔަން ކުރުމަށް ރުހުން ދެއްވުމާއި ގުޅީގެން މިއަދުގެ ވަުތެއްގައި ރަސްމީކޮށް ފަޒުލްއަށް އެކަން އަންގާ ލިޔުން ހަވާޅުކޮށްފަިއވާ ކަމަށެވެ

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަންކަން ކުރައްވަމުން ގެންދަވާ ފަޒުލްގެ ނަން ރައީސް ޔާމީން ޕްރައިވެޓައިޒޭޝަން ބޯޑަށް ފޮނުއްވާފައިވަނީ މިދިޔަ ހަފްތާގައިއެވެ.

ފަޒުލް ވަނީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެމްޕެއިންގައި ބައިވެރިވެވަޑައިގެންފައެވެ. އަދި ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދި ޕީޕަލްސް އެލަޔަންސް (ޕީއޭ) ގައި ވެސް މަސައްކަތްކުރައްވާފައިވެއެވެ.

ފަޒުލް އެމްޑަބްލިއުއެސްސީގެ އެމްޑީއަކަށް ހަމަޖައްސާފައިމިވަނީ އެމަގާމުގައި ކުރިން ހުންނެވި އަހުމަދު އުމަރު ވަކި ކުރެއްވުމާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް