ރަޝިޔާގެ އަސްކަރިއްޔާއިން ޔޫކްރޭނަށް އަރައިފި

ރަޝިޔާގެ އަސްކަރީ އުޅަނދުތަކާއެކު ރަޝިޔާގެ އަސްކަރިއްޔާއިން ޔޫކްރޭނަށް އަރާފައިވާކަމަށް ޔޫކްރޭންގެ ބޮޑުވަޒީރު އާސެނައި ޔަޓްސަންޔުކް ވިދާޅުވެއްޖެ އެވެ. ޔޫކްރޭންގެ ގައުމީ މީޑިއާ މެދުވެރިކޮށް ބޮޑުވަޒީރު ...

20 Jan 2015 | 04:12

ރަޝިޔާގެ އަސްކަރީ އުޅަނދުތަކާއެކު ރަޝިޔާގެ އަސްކަރިއްޔާއިން ޔޫކްރޭނަށް އަރާފައިވާކަމަށް ޔޫކްރޭންގެ ބޮޑުވަޒީރު އާސެނައި ޔަޓްސަންޔުކް ވިދާޅުވެއްޖެ އެވެ.

ޔޫކްރޭންގެ ގައުމީ މީޑިއާ މެދުވެރިކޮށް ބޮޑުވަޒީރު ވިދާޅުވީ މިލިޓަރީ އިންޓެލިޖެންސުން އެކަން ކަށަވަރުކޮށްދޭ ކަމަށެވެ. އަދި ރަޝިޔާއިން ޔޫކްރޭނަށް އަރާފައިވާ ފައުޖާއެކު ޓޭންކާއި، ރޮކެޓް ސިސްޓަމާއި، ރޭޑިއޯ އެލެކްޓްރޯނިކް ސިސްޓަމް ޔޫކްރޭނަށް ގެނެސްފައިވާކަމަށްވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

ނަމަވެސް މިކަމާމެދު ރަޝިޔާއިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރަޝިޔާއިން އަންނަނީ ޔޫކްރޭންގެ އިތުރު އަވަށްތައް ވެސް ރަޝިޔާގެ ބާރުގެ ދަށަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް