ކުރިއަށް މިއޮތް ހަފްތާ ބަންދުގެ މޫސުމަށް ބަލާއިރު ހުކުރު އަދި ހޮނިހިރުގައިވެސް އޮތީ ގުގުރުމާއި ގަދަވަޔާއި ވިއްސާރަކަމުގައި މެޓުން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ ހަފްތާ ބަންދަށް މޫސުން ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.
މޫސުމީ އެ ބުލެޓިންގައި ބުނެފައިވަނީ ހުކުރު ދުވަހު އުތުރަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި މެދުރާއްޖެއަށް ގަދަވަޔާއެކު ވިއްސާރަކުރާނެކަމަށެވެ. އަދި ދެކުނަށްވެސް ހުކުރު ދުވަހު ގަދަ ވަޔާއެކު ވިއްސާރަކުރާނެކަމަށެވެ.
އަދި ހަމަ އެހެންމެ ހޮނިހިރު ދުވަހުވެސް އުތުރަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި މެދުރާއްޖެއަށް ގަދަވަޔާއެކު ވިއްސާރަކުރާނެކަމަށާއި އަދި ދެކުނަށްވެސް ހުކުރު ދުވަހު ގަދަ ވަޔާއެކު ވިއްސާރަކުރާނެކަމަށް މެޓުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް