މިހާރު ހިނގަމުންއެދާ ކަންކަމުން، ގޯތި ލިބިފައިވާ އެއްވެސް ފަރާތެއްގެ އެއްވެސް ހައްގަކަށް އުނިކަމެއް ލިބިފައިނުވާ ކަމާއި އަދި ނުވެސް ލިބޭނެކަމުގެ ޔަޤީންކަން ސަރުކާރުގެ އިސް ތަރުޖަމާނު ހީނާ ވަލީދު އަރުވައިފިއެވެ.
މި ޔަޤީންކަން އަރުވަމުން ހީނާ މިއަދު ވިދާޅުވެފައިވަނީ ފުލުހުން އިސްނަގައިގެން އެޗްޑީސީގައި ކުރިއަށްގެންދާ ޖިނާއީ ތަހުގީގު މިނިވަންކަމާއެކު ކުރިއަށްގެންދިއުމަށް ޖާގަ ދިނުމަށް، އެޗްޑީސީގެ ބޯޑުގެ ޗެއާމަން ފިޔަވައި، ކުންފުނީގެ މެނޭޖިން ޑިރެކްޓަރާއި އެހެން ހުރިހާ މެންބަރުން ތަހުގީގު ނިމެންދެން މިހާރު ސަސްޕެންޑްކޮށްފައިވާކަމަށެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަށް އިއްޔެއިން ފެށިން ކުރަމުން އަންނަ ބޮޑު ތުހުމަތަކީ ބިންވެރިޔާ ސްކީމުގެ ގޯތީގެ ވެރިފަރާތް އޮޅުވާލައި އޭނާގެ އެއްބަނޑުއެއްބަފާ ބޭބެއަށް އަދި އިތުރު ފަރާތްތަކަކަށް ބިން ދިން ކަމުގެ ތުހުމަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް