ފަޒުލް ހިމެނޭހެން، ޗެއާމަން ފިޔަވައި އެޗްޑީސީގެ ބޯޑުގެ ހުރިހާ މެންބަރުން ސަސްޕެންޑްކޮށްފި

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ހިމެނޭހެން، އެ ކުންފުނީގެ ޗެއާމަން ފިޔަވައި އެ ކުންފުނީގެ ބޯޑުގެ ހުރިހާ މެންބަރުން ސަސްޕެންޑްކޮށްފިއެވެ. ޕްރައިވަޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަނ...

19 Dec 2024 | 04:25

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ހިމެނޭހެން، އެ ކުންފުނީގެ ޗެއާމަން ފިޔަވައި އެ ކުންފުނީގެ ބޯޑުގެ ހުރިހާ މެންބަރުން ސަސްޕެންޑްކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ބުނެފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްއިން ކުރިއަށްގެންދާ ތަހުގީގަށް ޖާގަދީ ފުރިހަމަ އެހީތެރިކަން ދިނުމުގެ ގޮތުން އެ ތަހުގީގު ނިމި މި ބޯޑުން ވަކިގޮތެއް އަންގަންދެން، އެ ކުންފުނީގެ ޗެއާމަން އަހްމަދު ނާސިފް ފިޔަވައި ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން މިއަދުން ފެށިގެން ވަނީ ސަސްޕެންޑްކޮށްފައި ކަމަށާއި އަދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުވެސް މި ބޯޑުން ވަކި ގޮތެއް އަންގަންދެން އޮފީހަށް ނުނިކުމެވޭ ގޮތަށް ވަނީ ސަސްޕެންޑްކޮށްފައި ކަމަށެވެ.

ޗެއާމަން ފިޔަވައި ހުރިހާ މެންބަރުން ސަސްޕެންޑްކޮށްފައިވާއިރު ބިންވެރިޔާ ސްކީމްގެ ދަށުން ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައިވާކަމުގެ ތުހުމަތު އިއްޔެ ވަނީ ފަޒުލް އަށް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް