މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ކުޅުދުއްފުށީ މީހަކު ހޯދަނީ

މަސްތުވާތެކެތީގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް ކުޅުދުއްފުށީ މީހަކު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިއުލާންކޮށްފިއެވެ. ފުލުހުން ބުނީ ޑްރަގް ޓްރެފިކިންގ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ...

19 Dec 2023 | 10:30

މަސްތުވާތެކެތީގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް ކުޅުދުއްފުށީ މީހަކު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ ޑްރަގް ޓްރެފިކިންގ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށެވެ.

ހާޒިރުވާން އަންގާ ފުލުހުން ފޮޓޯއާއި ވަނަވަރު ހާމަކޮށްފައިވަނީ، ހދ. ކުޅުދުއްފުށި / ޗާނދަނީގެ މުޙައްމަދު ފާރިޙު (34އ)އެވެ.

މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 2:00ށް ސާޖަންޓް އާދަމް ހަލީމް ކްރައިމް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ޙާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް