ބޭންކް އޮފް މޯލްޑިވްސް އިން މާސްޓަރކާޑު ބޭނުންކުރައްވާ ކަސްޓަމަރުންނަށް މިއަދު ޕްރޮމޯޝަންއެއް ފަށައިފިއެވެ.
އެ ބޭންކުން ބުނެފައިވާގޮތުގައި ކޮންމެ ހަފްތާއަކު މާސްޓަރކާޑުން މަދުވެގެން 500 ރުފިޔާގެ ވިޔަފާރިކުރައްވައިގެން ލަކީ ޑްރޯގައި ބަރިވެރިވެރިވުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެއެވެ. އަދި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ އެއް ފަރާތަކަށް އައިފޯން 15 ޕްރޯ އެއް ލިބިގެންދާނެއެވެ.
މާސްޓަރކާޑު ޑެބިޓް އަދި ކްރެޑިޓް ބޭނުންކުރާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެކަމަށާއި އަދި މި ޕްރޮމޯޝަން ކުރިޔަށްދާނީ 19 ޑިސެންބަރު 2023 އިން 18 ޖަނަވަރީ 2024 ގެ ނިޔަލަށް ކަމުގައިވެސް އެ ބޭންކުން ބުނެފައިވެއެވެ.
އިތުރު މައުލޫމާތު:
https://www.bankofmaldives.com.mv/personal/cards/pay-and-win-with-mastercard
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް