ހުޅުމާލޭގައި މަންމައަށް ހަމަލާދިން ދަރިއަށް އާއިލީ ވުޒާރާގެ ބެލުމުގެ ދަށުން ފަރުވާ ދޭން ފަށައިފި

ރޭގައި ހުޅުމާލޭގައި މަންމައަށް ތޫނުއެއްޗަކުން ހަމަލާދިން ދަރިއަށް އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާއިބެހޭ ވުޒާރާ (އާއިލީ ވުޒާރާ) ގެ ބެލުމުގެ ދަށުން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. އ...

19 Dec 2023 | 05:15

ރޭގައި ހުޅުމާލޭގައި މަންމައަށް ތޫނުއެއްޗަކުން ހަމަލާދިން ދަރިއަށް އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާއިބެހޭ ވުޒާރާ (އާއިލީ ވުޒާރާ) ގެ ބެލުމުގެ ދަށުން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

އުމުރުން 25 އަހަރުގެ އެ ފިރިހެން މީހާ ވަޅިއަކުން ހަމަލާދިނީ އޭނާގެ މަންމައަށެވެ. އޭނާގެ މަންމަގެ އުމުރަކީ 51 އަހަރެވެ.

ރޭގައި އެންމެ ފުރަތަމަ ފުލުހުން ބުނެފައިވަނީ އިއްޔެ އިރުއޮއްސި 06:50 ހާއިރު، ހުޅުމާލޭ ފޭޒް އެކެއްގައި ފިރިހެނަކު ތޫނު އެއްޗެއް ބޭނުންކޮށްގެން އަންހެނަކަށް ހަމަލާދީފައިވާކަމަށާއި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

"އެއީ 51 އަހަރުގެ ދިވެހި އަންހެނެއް، މީހާގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތުދޭ" ފުލުހުން ބުނެފައިވެއެވެ.

ހަމަލާ ދީފައިވަނީ އާއިލީ މައްސަލައެއްގައި ދަރިފުޅަކު އޭނާގެ މަންމައަށް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އޭގެ ފަހުން ރޭގައި ފުލުހުން ބުނެފައިވަނީ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާއަކީ ނަފްސާނީ ބަލި މީހެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް