މިރޭ ހުޅުމާލޭގައި 51 އަހަރުގެ އަންހެނަކަށް ހަމަލާދިން މީހާއަކީ ނަފްސާނީ ބަލިމީހެއްކަމަށް ފުލުހުން ބުނެފިއެވެ.
ހަމަލާ ދިން މީހާ އެ ހަމަލާ ދީފައިވަނީ އޭނާގެ މަންމައަށެވެ.
ފުލުހުން މިރޭ ބުނީ ހުޅުމާލޭ ފޭސް އެކެއްގެ ފުލެޓެއްގައި ފިރިހެނަކު ތޫނު އެއްޗެއް ބޭނުންކޮށްގެން އަންހެނަކަށް ހަމަލާދީފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައި ވަނީ މިރޭ 6:50 ހާއިރު ކަމަށް ފުލުހުން ހާމަކުރެއެވެ.
މި ހާދިސާގައި އަނިޔާވި 51 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށާއި ހުޅުމާލޭ ހޮސްޕިޓަލުގައި އޭނާ އަށް ފަރުވާދެމުން އަންނައިރު އޭނާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި މި ހަމަލާދީފައި ވަނީ އާއިލީ މައްސަލައެއްގައި ދަރިއަކު އޭނާގެ މަންމައަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ފަހުން ބުނެފައިވަނީ މައްސަލައިގާ ތުހުމަތު ކުރެވޭ މީހާއަކީ ނަފްސާނީ ބަލިމީހެއް ކަމަށާއި އެމީހާ ޑޮކްޓަރަށް ދައްކަން ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް