އަބޫބަކުރު ފައިސަލްގެ ހަށިގަނޑު މާލެ ގެނެސް އާއިލާއާއި ހަވާލުކޮށްފި

ނިޝާމާގެ މަރާއި ގުޅިގެން ހައްޔަރުކޮށްފައިހުއްޓާ ދަންޖެހިގެން ފަރުވާދެމުންދަނިކޮށް މަރުވި އަބޫބަކުރު ފައިސަލްގެ ހަށިގަނޑު މާލެ ގެނެސް އާއިލާއާއި ހަވާލުކޮށްފިއެވެ. މިކަން މިރޭ ފުލުހުން ވަނީ ހާމަކޮށްފައެ...

19 Dec 2022 | 18:24

ނިޝާމާގެ މަރާއި ގުޅިގެން ހައްޔަރުކޮށްފައިހުއްޓާ ދަންޖެހިގެން ފަރުވާދެމުންދަނިކޮށް މަރުވި އަބޫބަކުރު ފައިސަލްގެ ހަށިގަނޑު މާލެ ގެނެސް އާއިލާއާއި ހަވާލުކޮށްފިއެވެ.

މިކަން މިރޭ ފުލުހުން ވަނީ ހާމަކޮށްފައެވެ.

ހދ. ނޮޅިވަރަމް އުމުރުން 28 އަހަރުގެ މަރުގެ މައްސަލައިގާ ހައްޔަރުކުރި އަބޫބަކުރު ފައިސަލަކީ ނިޝާމާގެ ފިރިމީހާއެވެ. އޭނާ ހައްޔަރުކުރި ނިޝާމާ މަރާލީ އޭނާ ކަމަށް ތުހުމަތުކޮށެވެ.

މި މަހުގެ 10 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ނިޝާމާ މަރުވެފައި އޮއްވާ ފެނުނީ އެ ދެމަފިރިން، ނިޝާމާގެ އާއިލާއާއެކު ދިރިއުޅެމުންދިޔަ ގޭތެރޭގައި އެ ދެމަފިރިންނާއި އެ ދެމަފިރިންގެ ތިން ދަރިންނާއެކު ދިރިއުޅެމުންދިޔަ ކޮޓަރިތެރެއިންނެވެ. އެ މައްސަލައިގާ އަބޫބަކުރު ފައިސަލްގެ މައްޗަށް ތުހުމަތު ކުރެވުނު އިރު އޭނާ ހުރީ ނޮޅިވަރަމުން ފިލައިގެން އެ އަތޮޅު ކުޅުދުއްފުއްޓަށްގޮހެވެ. ނިޝާމާގެ މަރުގެ ހަބަރު ފެތުރުމާއެކު އަބޫބަކުރު ފައިސަލް ވަނި އަމިއްލައަށް ފުލުސް އިދާރާއަށް ގޮސްފައެވެ.

އޭނާ ދަންޖެހެން މަސައްކަތްކުރީ ދެވަނައަށް ވީ ދުވަހުގެ ރޭގައެވެ. އެ ރެއިން ފެށިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އޭނާއަށް ފަރުވާދެމުންދިޔައީ އެ ހޮސްޕިޓަލުގަ އިމަޖެންސީ ކެއަރ ޔުނިޓުގައެވެ. އަބޫބަކުރު ފައިސަލް މަރުވެއްޖެކަން ފުލުހުން ހާމަކުރީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް