ރައީސް ސޯލިހް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި ބައްދަލުކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި މިރޭ ބައްދަލުކުރައްވައިފިއެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ރައީސްގެ މި ބައ...

19 Dec 2022 | 17:58

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި މިރޭ ބައްދަލުކުރައްވައިފިއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ރައީސްގެ މި ބައްދަލުކުރެއްވުން ކުރިއަށްގެންގޮސްފައިވަނީ ސޯލްޓް ރެސްޓޯރެންޓުގައެވެ.

މި ބައްދަލުކުރެއްވުމުގައި ގައުމީ މަޖިލީހުގެ 120 އެއްހާ މެންބަރުން ބައިވެރިވެވަޑައިގެންނެވިކަމުގެ މައުލޫމާތު ލިބިފައިވެއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގައި ތިބެނީ 173 މެންބަރުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރައީސް މިރޭގެ ބައްދަލުކުރެއްވުމުގައި އިއުލާނުކުރެއްވިކަމުގައި އެ ބައްދަލުކުރެއްވުމުގައި ބައިވެރިވި މެންބަރަކު ވިދާޅުވިއެވެ. މީގެ އިތުރުން ކެނޑިޑަސީ ހުށަހަޅުއްވާނެ ތާރީހަކާއިމެދުގައްޔާއި ރިޔާސީ ޕްރައިމަރީގެ ކެމްޕޭނާއި ގުޅޭގޮތުންވެސް މިރޭގެ މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވިކަމުގައިވެސް ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ހާމަކުރިއެވެ.

ރައީސް ސޯލިހް ރިޔާސީ ކެމްޕޭނުގެ މަސައްކަތް މިރޭގެ މި ބައްދަލުވުމާއި ހަމައިން ރަސްމީ ސިފައެއްގައި ފެށިފައިވާއިރު ރިޔާސީ ޓިކެޓުގެ  މި ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދުވެސް ކުރިމަތިލައްވާނެކަން ވަނީ އިއުލާނު ކުރައްވާފައެވެ. އަދި ރައީސް ނަޝީދާއި ރައީސް ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކުން މިހާރު އަންނަނީ ކެމްޕޭނުވެސް ކުރައްވަމުންނެވެ. އެމްޑީޕީގެ ރިޔާސީ މި ޕްރައިމަރީއަކީ ވަރަށް ފޯރިގަދަ ޕްރައިމަރީއަކަށް ވާނެކަމުގައި ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް