ށ. ކޮމަންޑޫ ގައި ޤާއިމުކުރާ ފެރީ ސްޓޮޕްގެ މަސައްކަތްތައް ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ މި ފެރީ ސްޓޮޕްގައި ކިއޮސްކް އަކާއި، ވެއިޓިންގް އޭރިއާއެއްގެ އިތުރުން ފާޙަނާވެސް ހުންނާނެ ކަމަށެވެ.
މި ފެރީ ސްޓޮޕްއަކީ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1 ގެ ދަށުން ޤާއިމުކުރެވޭ ފެރީސްޓޮޕެއް ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
އެ ކުންފުނިން މިހާރު ވަނީ ޒޯން އެކެއްގެ އިތުރުން ޒޯން ދޭއްގައި ސްޕީޑު ފެރީގެ ހިދުމަތް ފަށާފައި އެވެ. އެއީ ޅ. އަތޮޅެވެ.
އެއާއިއެކު އާޜުޓީއެލް ފެރީގެ ހިދުމަތްދޭ އަތޮޅުތަކުގެ އަދަދު މިހާރު ވަނީ ހަތަރަކަށް އަރާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް