އިއްސެ މަރުވި އެކްސިޑެންޓުގެ ވީޑިއޯ އާންމުވެއްޖެ

ސިނަމާލޭ ބްރިޖުގައި މިދިޔަ ހުކުރު ދުވަހު މެންދުރު ހިނގި އެކްސިޑެންޓުގައި މަރުވި ވިޔަފާރިވެރިޔާ އިސްމާއިލް މޫސާގެ އެކްސިޑެންޓު ހިނގާ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމު ވެއްޖެ އެވެ. އެކްސިޑެންޓު ހިނގި އިރު...

19 Dec 2022 | 10:30

ސިނަމާލޭ ބްރިޖުގައި މިދިޔަ ހުކުރު ދުވަހު މެންދުރު ހިނގި އެކްސިޑެންޓުގައި މަރުވި ވިޔަފާރިވެރިޔާ އިސްމާއިލް މޫސާގެ އެކްސިޑެންޓު ހިނގާ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމު ވެއްޖެ އެވެ.

އެކްސިޑެންޓު ހިނގި އިރު އިއްސެ ދުއްވަމުން ދިޔައީ ސައިކަލެވެ. އެކްސިޑެންޓުވީ ކާރެއްގައި ޖެހިގެން ކަމަށް އެ ދުވަހު ފުލުހުން ބުނެފައިވެ އެވެ. އެކްސިޑެންޓުވެގެން ފަރުވާ ދިނުމަށް ޓްރީޓޮޕް ހޮސްޕިޓަލަސް ގެންދިޔަ އިރުވެސް ވަނީ މަރުވެފައި އެވެ.

އެ އެކްސިޑެންޓު ހިނގާދިޔަ ގޮތް ފެންނަ ވީޑިއޯއަކީ އ ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓޭޖުން ނަގާފައިވާ ވީޑިއޯއެއްކަން އެނގެ އެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އިއްޔެ މަރުވީ، އޭނާ ޓްރެފިކް ލައިޓަށް މަޑުނުކޮށް ދުއްވާފައި ގޮސް ކާރުގައި ޖެހިގެންކަން އެނގެ އެވެ.

އިއްސެގެ ސައިކަލު ޖެހެނީ މާލޭ ކޮޅުން ހުޅުމާލެ އަށް ދަނިކޮށް، ހުޅުމާލޭ ކޮޅުން އައި ކާރެއް ހުޅުލެ އަށް ލަނބާލާ ތަނުން އޭގައި ޖެހިގެންނެވެ. މާލެ އިން ހުޅުމާލެ އަށް ދާ ލޭނުގައި އިއްސެ ނޫން މީހަކު އެވަގުތު ދުއްވަމުން ނުދާއިރު ވަރަށް ސާފުކޮށް ފެންނަ ގޮތުގައި ހުޅުމާލޭ ކޮޅުން އައި ހުރިހާ ވެހިކަލެއް، އިއްސެ ލައިޓް ހުރަސްކުރި ގަޑީގައި ނައްޓާލަ އެވެ.

މި ވީޑިއޯ އާންމު ވުމާއި އެކު ސީސީޓިވީ ފުޓޭޖު ލީކުރި ކަމުގެ ތުހުމަތު ގިނަ ބަޔަކު ދަނީ ފުލުހުންނަށް ކުރަމުންނެވެ. މި މައްސަލައިގަ ފުލުހުން އަދި އެއްޗެއް ނުބުނެ އެވެ.

އިއްޔެ މަރުވެފައިވަނީ 22 އަހަރު ރާއްޖެއިން ބޭރު އުޅުމަށް ފަހު ދަތުރުވަރިއެއްގައި ރާއްޖެ އައި ދަތުރުގައި އެވެ. އޭނާ އަކީ ތައިލެންޑުގެ ބެންކޮކްގައި ފައިވާނުގެ ވިޔަފާރި ކުރާ މީހެއް ކަމަށެވެ. އެގޮތުން ފައިވާން އުފައްދައި، ރާއްޖޭގެ އިތުރުން އެހެން ގައުމުތަކަށް އެކްސްޕޯޓު ކުރުމުގެ އިތުރުން ރާއްޖެއަށް މުދާ ފޮނުވުމުގެ ވިޔަފާރިވެސް ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް