ޓްރީ ޓޮޕް ހޮސްޕިޓަލުން ފިރިހެނުން ތެރޭގައި އާންމުކޮށް ޖެހޭ ބަލިތަށް ދެނެގަތުމަށް ހަދާ ޓެސްޓުތަކެއް ތަޢާރަފްކޮށްފިއެވެ.
އެ ހޮސްޕިޓަލުން މިއަދު ބުނީ ވެލް މޭލް ޕެކޭޖުގެ ނަމުގައި ފިރިހެނުން ތެރޭގައި އާންމުކޮށް ޖެހޭ ބަލިތަށް ދެނެގަތުމަށް ހެދޭ ޓެސްޓުތަކެއް ތަޢާރަފްކޮށްފައިވާ ކަމަށެވެ.
އެގޮތުން މި ޕެކޭޖުގެ ދަށުން ކްލިނިކަލް އެގްޒާމިނޭޝަން، ރޭޑިއޮލޮޖީ އިންވެސްޓިގޭޝަން، އޯ.ޕީ.ޑީ ކޮންސަލްޓޭޝަން، ލެބޯރަޓޮރީ އިންވެސްޓިގޭޝަން ހިމެނޭނެ ކަމަށް ޓްރީ ޓޮޕުން ހާމަކުރެއެވެ.
މީގެ އިތުރުން ޓްރީ ޓޮޕުން ވަނީ ވެލް މޭލް ޕެކޭޖުގެ އިތުރު މައުލޫމާތު ހޯއްދެވުމަށާއި ބުކިންގެ ހެދުމަށް 3351610 އަށް ގުޅުވުމަށް ނުވަތަ [email protected] އަށް މެއިލް ކުރުމަށް އެދިލައްވާފައެވެ.
ވެލް މޭލް ޕެކޭޖާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް: https://www.treetophospital.com/health-screening/well-male-package
ދުޅަހެޔޮ ސިއްހަތުގެ ނަސީބަކީ އެންމެ އަގުބޮޑު އެއް ހަޒާނާ ކަމުގައި ގަބޫލުކުރާ މީހުން ގިނައެވެ. ޓްރީޓޮޕުން ބުނީ ދިވެހިރާއްޖޭގައި ފެންނަމުންދާ ސިއްހީ ޓްރެންޑްތަކަށް ބަލާލާއިރު ނޮން ކޮމިއުނިކަބަލް ޑިސީޒަސް ނުވަތަ ދިރިއުޅުމުގެ އާދަކާދައިގެ ސަބަބުން އުފެދޭ ބަލިތައް ދަނީ އިތުރުވަމުންކަމަށާއި މި ބަލިތައް ޖެހެނީ ދިރިއުޅުން ބައްޓަން ކުރާ ގޮތަކުން ކަމަށެވެ.
އެގޮތުން ކަސްރަތު ނުކުރުމާއި، ކެއިން ބުއިމުގައި ކާނާގެ ހުރިހާ ބާވަތްތަކެއް ހިމެނޭގޮތަށް ކެއުން ނުބެހެއްޓުމުގެ އިތުރުން ހަކުރު ގިނަ ބުއިމުގެ ބާވަތްތައް ބޭނުންކުރުމާއި ދުންފަތުގެ ބާވަތްތައް ބޭނުން ކުރުމުގެ ސަބަބުން އެކި އެކި ބަލިތައް ޖެހުމަށް މަގުފައިވާ ކަމަށް ޓްރީ ޓޮޕުން ހާމަކޮށްފައި ވެއެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ލައިފް އެކްޕެކްޓަންސީ ނުވަތަ އުމުރު ދުވަސް އަންދާޒާކުރެވޭ މިންގަނޑަށް ބަލާއިރު ފިރިހެންނުންގެ އުމުރު ކުރު ކަމަށް ހާމަކޮށް ޓްރީ ޓޮޕުން ބުނީ އާންމުކޮށް ފިރިހެނުންގެ އުމުރު ދުވަހަކީ 79 އަހަރު އަދި އަންހެނުންގެ އުމުރު ދުވަހަކީ 85.7 އަހަރުކަމަށެވެ.
މިއީ 6.7 އަހަރުގެ ތަފާތެކެވެ. ފިރިހެނުންގެ އުމުރު ކުރުވުމަށް މެދުވެރިވާ ސަބަބަކީ ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވުން ކަމަށް ސިއްހީ މާހިރުންގެ ލަފާއިން އަދި ކަމާއިބެހޭ އިދާރާތަކުގެ ރިޕޯޓް ތަކުން ފާހަގަކުރެވޭކަމަށް ޓްރީޓޮޕުން ހާމަކުރެއެވެ.
ރާއްޖޭގައި ފިރިހެނުންނަށް އާންމުކޮށް ޖެހޭ ބަލިތަކުގެ ތެރޭގައި ޓައިޕް-2 ޑައިބެޓީސް، ލޭ މަތިވުން އަދި އާދަޔާ ހިލާފަށް ހަށިގަނޑު ބިޔަވުމުގެ ސަބަބުން ޖެހޭ ފެޓީ ލިވާ ސިންޑްރޯމާއި ކުޑަކަމުދާ ނިޒާމް އަދި ޕްރޮސްޓްރޭޓަށް ޖެހޭ ބަލިތައް ހިމެނޭކަމަށް ޓްރީޓޮޕުން ބުނެފައިވެއެވެ.
ޓްރީ ޓޮޕުން ބުނީ މިފަދަ ބަލިތަކުން ސަލާމައްވުމަށް އާންމުކޮށް ކަސްރަތުކުރުމާއި، ކެއުމުގައި ސިއްހަތަށް ފައިދާހުރި ބާވައްތައް ހިމެނުން، އަދި ޕްރިވެންޓެޓިވް ރެގިއުލަރ ހެލްތް ސްކްރީނިންގ ހެއްދުން މީ ވަރަށް މުހިންމު ފިޔަވަޅުތަކެއްކަމަށެވެ.
ޕްރިވެންޓެޓިވް ރެގިއުލަރ ހެލްތް ސްކްރީނިންގ ނުވަތަ ކުރިޔާލައި ބަލިތަކުން ރައްކާތެރިވުމަށް ހަދާ ސިއްހީ ތަހުލީލުތަކަކީ ބަލީގެ އަލާމަތްތައް ފެނުމުގެ ކުރިން ނޫނީ އިތުރަށް ގޯސްވުމުގެ ކުރިން ބަލީގެ ބާވަތް އަދި ރިސްކް ފެކްޓަރސް ނުވަތަ ހިރާސްތައް ދެނެގަނެ އަވަސް ފަރުވާދިނުމަށް ފަސޭހަވެގެންދާ ކަމެއްކަމަށް ޓްރީ ޓޮޕުން ބުނެފައިވެއެވެ.
ޓްރީ ޓޮޕުން ބުނީ ޕްރިވެންޓެޓިވް ހެލްތް ސްކްރީނިންގ އަކީ ފުރިހަމަ ދުޅަހެޔޮ ސިއްހަތެއް ހޯދުމަށް ކުރެވޭނެ އެންމެ މުހިންމު އެއްކަންތައް ކަމަށެވެ.
އަދި ޕްރިވެންޓެޓިވް ހެލްތް ސްކްރީނިން މުހިންމުވާ ސަބަބުތަކީ ފުރާނައަށް ނުރައްކާވެދާނެ ސިއްހީ ހާލަތްތައް ނުވަތަ ބަލިތައް އަވަހަށް ދެނެގަނެ ބައްޔަކަށް ފަރުވާދިނުމަށް މަގުފަހިކޮށްދިނުންކަމަށާއި، ކުރިން ޖެހިފައި ހުރި ބައްޔެއްނަމަ ގަވާއިދުން މޮނިޓަރކޮށް، އޭގެ ސީރިއަސްކަން ކުޑަކުރުމަށް ވަގުތުން ފިޔަވަޅުތައް އެޅުމަށް މަގުފަހިކޮށްދޭ ކަމަށް ޓްރީ ޓޮޕުން ހާމަކޮށްފައި ވެއެވެ.
އަދި ހެލްތް ސްކްރީނިން އަކީ ދުޅަހެޔޮ ދިރިއުޅުމެއް ބިނާކުރުމަށް، ރަނގަޅު ކާނާ ކެއުމާއި ގަވާއިދުން ކަސްރަތު ކުރުމާއި ސިއްހަތަށް ގެއްލުންވާނެ ފަދަ އާދަތަކާ ދުރުހެލިވެ ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ހިތްވަރު ދިނުމަށްވެސް މަގުފަހިކޮށްދޭ ކަމެއް ކަމަށް ޓްރީޓޮޕުން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް