މިއަހަރުގެ ޓޫރިޒަމް ދާއިރާގެ އެއް އަމާޒު ކަމަށްވާ 1.6 މިލިއަން ޓޫރިސްޓުންގެ އަމާޒަށް މާދަމާ ވާސިލް ވާނެ ކަމަށް ލަފާކޮށްފި އެވެ.
ޓޫރިޒަމް ޕްރޮމޯޓު ކުރުމުގައި މަސައްކަތް ކުރާ އެމްއެމްޕީއާރުސީން މީޑިއާގައި ބުނީ 1.6 މިލިއަން ވަނަ ޓޫރިސްޓު ރާއްޖެ އަންނާނީ މާދަމާ މެންދުރު ނުވަތަ މެންދުުރު ފަހުގެ ވަގުތެއްގައި ކަމަށެވެ.
މިކަމަށް އެތަނުން ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެގޮތުން ސަގާފީ އައިޓަމްތަކާއި އެކު1.6 ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިވެ އެވެ.
ސަރުކާރުން އަންދާޒާ ކުރީ ކޯވިޑުން އަރައިގަނެ ޓޫރިޒަމް ކުރިއަރަމުން އަންނަ ހާލަތުގައި1.6 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށެވެ. އެންމެ ރަނގަޅު ހާލަތުގައި1.8 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ބުނެފައިވެ އެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ އިންޑިއާއިންނެވެ. މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 14.1 އިންސައްތަ އަކީ އިންޑިއާ ފަތުރުވެރިންނެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަނީ ރަޝިއާ އިން ނެވެ. ރާއްޖެ ޒިޔާޔަތްކުރި ފަތުރުވެރިންގެ 12.2 އިންސައްތަ އަކީ ރަޝިއާ ފަތުރުވެރިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް