އާންމުންގެ މެދުގައި މަގުބޫލު "ކަށުނަމާދު ޕޭޖު" ހުއްޓާލަން މާލޭ ސިޓީ ކައުންސިލުން އަންގައިފި އެވެ.
ކަށުނަމާދު ޕޭޖު ހިންގާ އަހުމަދު މުނައްވަރު ބުނީ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެއް އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ނުކުރޭވޭނެކަމަށް ސިޓީ ކައުންސިލުން އަންގާފައިވާ ކަމަށެވެ. އޭނާ ބުނީ އެ އެންގުމާއި އެކު ކަށުނަމާދު އިއުލާންކުރުން ހުއްޓާލަން ކައުންސިލުން އަންގާފައިވާ ކަމަށެވެ.
މި ޕޭޖު ހިންގުން ހުއްޓާލަން މާލޭ ސިޓީ ކައުންސިލުން އެންގި އިރު އެ ޕޭޖުގައި ހިއްސާ ކުރަނީ މާލެ އާއި ހުޅުމާލޭގައި އޮންނަ ޖަނާޒާގެ މައުލޫމާތެއް ނޫނެވެ. ރާއްޖެއިން ބޭރާއި އަތޮޅު ތެރޭގެ ރަށްރަށުގައި އޮންނަ ޖަނާޒާތަކުގެ މައުލޫމާތުވެސް އާއިލާތަކުން އެދުމުން އާންމު ކޮށްދެ އެވެ.
އެކަމަކު މުނައްވަރުގެ މި ވާހަކަތާއި ގުޅިގެން މާލޭ ސިޓީ ކައުންސިލުން ބުނީ ކަށުނަމާދު ޕޭޖް ހިންގާ ފަރާތައް ޕޭޖް ހިންގުން މަނާކޮށް، އެކަން ހުއްޓާލުމަށް މާލެ ސިޓީ ކައުންސިލުން އެންގިކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫންކަމަށެވެ.
މާލެ ސިޓީ ކައުންސިލުގެ އެއްވެސް އޮފިޝަލަކު އެޕޭޖު ހިންގާ ފަރާތައް އެފަދަ ރަސްމީ އެއްވެސް އެންގުމެއް އަންގާފައި ނުވާނެކަމަށް ވެސް ބުންޏެވެ.
ކަށު ނަމާދު ޕޭޖުގައި ޖަނާޒާގެ މައުލޫމާތު އާންމު ކުރުމުގެ އިތުރުން ރާއްޖޭގައި ފާހަކަ ކޮށްލެވޭ މީހުންގެ ޖަނާޒާ އާއި ވަޅުލުން ސޯޝަލް މީޑިއާ މެދުވެރިކޮށް ލައިވްކޮށް ހަދަ އެވެ. އަދި ކައްވަޅުގެ އަޒާބާއި މަރާއި ގުޅޭގޮތުން އިސްލާމް ދީނުގައި ކަނޑައަޅާފައި އުސޫލުތަކާއި ނަސޭހަތްތައް ބުނެދެ އެވެ.
އެ ޕޭޖު70 ހާހަށްވުރެ ގިނަ މީހުން ފޮލޯ ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް