ވޯލްޑް ކަޕް ކާމިޔާބު ކުރުމުން ރޮނާލްޑޯ މެސީއަށް މަރްޙަބާ ކިޔައިފި

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާއި ގުޅިގެން ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ލިއޮނެލް މެސީއަށް މަރްޙަބާ ކިޔައިފިއެވެ. ވޭތުވެ ދިޔަ 20 ވަރަކަށް އަހަރު ދުނިޔޭގެ ފުޓްބޯޅައިގައ...

19 Dec 2022 | 06:04

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާއި ގުޅިގެން ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ލިއޮނެލް މެސީއަށް މަރްޙަބާ ކިޔައިފިއެވެ.

ވޭތުވެ ދިޔަ 20 ވަރަކަށް އަހަރު ދުނިޔޭގެ ފުޓްބޯޅައިގައި ރަސްކަން ކުރަމުން މިއަދާއި ހަމައަށް ވެސް އެންމެ މޮޅު ދެ ކުޅުންތެރިންގެ ގޮތުގައި ވާދަކުރަމުން އަންނަ ދެ ކުޅުންތެރިންނަކީ ވެސް ރޮނާލްޑޯ އާއި މެސީއެވެ.

ޕޯޗުގަލް މުބާރާތުގެ ކުއާޓާ ފައިނަލާއި ހަމައިން މޮރޮކޯ އަތުން ބަލިވެ މުބާރާތުން ވަކިވާން ޖެހުނު ނަމަވެސް މެސީ ވަނީ އާޖެންޓީނާ އާއި އެކު މުބާރާތުގެ ތަށި އުފުލާލާފައެވެ.

އާޖެންޓީ ނާ މި ފަހަރުގެ މުބާރާތް ކާމިޔާބު ކުރީ ރޭ ފަައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްއާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެން 2-4 ގެ ނަތީޖާއިން ން މޮޅުވެގެންނެވެ.

މެސީގެ މި ކާމިޔާބީ އާއި ގުޅިގެން ރޮނާލްޑޯ މެސީއަށް މަރްޙަބާ ކިޔާފައިވާއިރު، ރޮނާލްޑޯ އިންސްޓަގްރާމުގައި ކުރި މެސެޖުގައި ބުނެފައިވަނީ އާޖެންޓީނާއާއި އެކު ވޯލްޑް ޗެމްޕިއަންކަން ހޯދުމުން މެސީއަށް މަރްޙަބާ ކިޔާކަމަށާއި އަދި މިއީ މެސީގެ ފަހަރެއް ކަމަށެވެ. އަދި މީގެ އިރުން ރިނާލްޑޯ ބުނީ މި މުބާރާތުގައި މެސީ ދެއްކި މޮޅު ކުޅުމަށް މި ކާމިޔާބީ އޭނާއަށް ހައްޤު ކަމަށެވެ.

" އާޖެންޓީނާއާއި އެކު ތި ހޯދި ބޮޑު ކާމިޔާބަށް މަރްޙަބާ. ތި ދެއްކި މޮޅު ކުޅުމަށް ތި ކާމިޔާބީ ހައްޤު. މިއީ މެސީގެ ރެއެއް، މަރްޙަބާ." ރޮނާލްޑޯ މެސީއަށް ފޮނުވި މެސެޖުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް