ބޮލީވުޑްގައި މިވަގުތު ހުރި އެންމެ ކާމިޔާބު ޒުވާން އެކްޓަރު ކާތިކް އާރްޔަން ރޭ އޮތް ފީފާ ވޯލްޑްކަޕް މުބާރާތުގެ ފައިނަލް މެޗު ބަލަން ގަތަރަށް ދިޔަ އެވެ.
އޭނާ ވަނި ފައިނަލް މެޗު ބަލަން ދިޔަ ކަން ހާމަކޮށް ދަނޑުގައި ސަޕޯޓު ކުރަނިކޮށް ނަގާފައިވާ ވީޑިއޯއެއް އާންމު ކޮށްފައި އެވެ. އޭނާ ސަޕޯޓު ކުރީ ރޭ ބަލިވެ މުބާރާތުގެ ދެ ވަނަ ލިބުނު ފަރާންސަށެވެ.
ކާތިކް ކުރި ޕޯސްޓުގައި ބުނީ ވޯލްޑްކަޕް ފައިނަލް މެޗު ބަލަން ދިއުމަކީ ދުރާލާ ކުރަން ރާވާފައި އޮތް އޭނާގެ ބަކެޓު ލިސްޓުގައި ހިމެނޭ ކަމަށެވެ. އަދި "ގޯ ފްރާންސް" ޖަހާފައި ވެއެވެ.
ކާތިކްގެ ބައެއް ސަޕޯޓަރުން ވަނީ އެމީހުން އުންމީދު ކުރީ ކާތިކް ސަޕޯޓު ކުރަނީ އާޖެންޓީނާއަށް ކަމަށެވެ. އަދި އޭނާ ގޯ ފްރާންސް ޖަހާފައި އިނުމުން "ގޯ ފްރާންސް ގޯ ހޯމް" ޖަހާފައިވެސް ކޮމެންޓުކޮށް ބައެއް މީހުން މަޖާ ނަގާފައިވެ އެވެ.
https://www.instagram.com/p/CmUQ6g_D_oP/
ކާތިކަކީ އަބަދުވެސް ފުޓުބޯޅައަށް ފޯރި ހުންނަ މީހެކެވެ. އޭނާ މީގެ ކުރިން ބުނީ ކުޅިވަރުތަކުގެ ތެރެއިން އޭނާ އެންމެ ގަޔާވާ ކުޅިވަރަކީ ފުޓުބޯޅަ ކަމަށެވެ.
އެހެންވެ ހުސް ވަގުތެއް ލިބުނަސް ދޭތެރެ ދޭތެރެއިން އޭނާ މުމްބާއީގައި ދިރިއުޅޭ ސަރަހައްދުގައި އޮންނަ ދަނޑުތަކަށް ފުޓުބޯޅަ ކުޅެން ދެ އެވެ. އެފަދަ ރޭރޭވެސް އޭނާ ވަރަށް ގިނަ ވަގުތު ސަޕޯޓަރުންނާއި އެކު ސެލްފީ ނެގުމުގައި އުޅެން ޖެހެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް