އަފްޢާނިސްތާނުގެ ވެރިރަށް ކާބުލް ސިޓީގައި އިއްޔެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 12 މީހުން މަރުވެއްޖެ އެވެ.
މި ހާދިސާ ހިނގައިފައިވަނީ އެ ސިޓީ އާއި އެ ޤައުމުގެ އުތުރު ގުޅުވަދޭ ޓަނަލްގެ ތެޔޮ ހަމުގައި އަލިފާން ރޯވުމުންނެވެ.
މި ހާދިސާގައި މަރުވި މީހުން ކޮން ޖިންސެއްގެ މީހެއްކަން ނޭނގޭ ވަރަށް އަނދާފައިވާކަމަށް އެހާދިސާގައި ސިއްހީ އެހީތެރިއެއްގޮތުގައި މަސްކަތްކުރި އަބްދު ﷲ އަފްޣާން ކިޔާ މީހަކު އޭއެފްޕީ ނިއުސްއަށް މައުލޫމަތު ދެމުން ބުނެފައިވެ އެވެ.
މިހާދިސާގައި މަރުވި ފަރާތްތަކުގެ އިތުރުން 37 މީހަކު ޒަހަމްވެފައިވާކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
މ ހާދިސާ ހިނގާފައިވަނީ ފަރުބަދަމަތީ ސަރަހައްދެއްގައި ހަދާފައިވާ ހައިވޭއެއްގައި އެވެ. އެހެންވެ އެހީތެރިކަން ފޯރުކޮށްދޭން ޖެހުނީ އަސްކަރީ މަތިންދާބޯޓު ތަކުގައި ކަމަށް އަފްގާނިސްތާނުގެ ޑިފެންސް މިނިސްޓްރީން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް