ފީފާ ވޯލްޑް ކަޕް 2022 ގެ އެންމެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް އާޖެންޓީނާގެ އެމިލިއާނޯ މާޓިނޭޒް ހޯދައިފިއެވެ.
އާޖެންޓީނާއަށް ވޯލްޑް ކަޕްގެ ތަށި ހޯދައިދިނުމުގައި މާޓިނޭޒްގެ ދައުރު މި ފަހަރު ވަރަށް ވެސް ބޮޑެވެ.
ކުއާޓާ ފައިނަލް މެޗުގައި އާޖެންޓީނާއިން 2 ލަނޑު ޖަހާފައިވަނިކޮށް، ނެދަލެންޑްސް އިން ފަހަތުން އަރާ އެއްވަރުކުރިއިރު، ޕެނަލްޓީ ޝޫޓްއައުޓް އިން އާޖެންޓީނާ މޮޅުވީ މާޓިނޭޒް ސަލާމަތްކުރި 2 ޕެނަލްޓީއާއެކުގައެވެ.
ފައިނަލް މެޗުގައި އާޖެންޓީނާ މޮޅުވީ ވެސް، ޕެނަލްޓީ ޝޫޓް އައުޓްގައި މާޓިނޭޒް ކުރި މޮޅު 2 ސޭވާއެކުގައެވެ.
މީގެ އިތުރުން، މުބާރާތުގައި، އާޖެންޓީނާ ކުޅުނު ހުރިހާ މެޗުތަކެއްގައި ވެސް މާޓިނޭޒްގެ ފަރާތުން މޮޅު ސޭވްތައް ފެނިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް