ހަވީރު ނޫހުން ލިޔުނު ހަބަރަށް ކަރެކްޝަންސް އިން ރައްދުދީފި

"އިސްތިއުނާފް ލިޔުންތައް ނަޝީދާ ހަވާލުކުރަން ވަނީ ދަތިތަކެއް ދިމާވެފައި" މި ޝުރުހީގެ ދަށުން ހަވީރު ނޫހުގައި ލިޔުނު ހަބަރަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ރަށްދު ދީފި އެވެ. މިކަމާއި ...

18 Dec 2015 | 19:36

"އިސްތިއުނާފް ލިޔުންތައް ނަޝީދާ ހަވާލުކުރަން ވަނީ ދަތިތަކެއް ދިމާވެފައި" މި ޝުރުހީގެ ދަށުން ހަވީރު ނޫހުގައި ލިޔުނު ހަބަރަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ރަށްދު ދީފި އެވެ.

މިކަމާއި ގުޅޭގޮތުން އެމްސީއެސް އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ޖަލުގައި ތިބޭ ގައިދީންނާއި ބަންދު މީހުންނަށް، އެމީހުންގެ އާއިލާ މެމްބަރުން ނުވަތަ ވަކީލުން ފޮނުވުމަށް ބޭނުންވާ ތަކެއްޗާއި ލިޔުންތައް ފޮނުވޭނީ ކަރެކްޝަންސްގެ ހެޑް އޮފީސް މެދުވެރިކޮށް ކަމަށާއި އެއްވެސް ހައިސިއްޔަތަކުން ގައިދީ ނުވަތަ ބަންދުމީހާއާ ބައްދަލު ކުރުމަށްދާ ފަރާތަކަށް އެއްވެއް އެއްޗެއް ސީދާ ގައިދީ ނުވަތަ ބަންދު މީހާއާ ހަވާލު ކުރެވޭނެ އުސޫލެއް ހަމަޖައްސާފައި ނުވާ ކަމަށެވެ.

"ނަމަވެސް ގައިދީ ނުވަތަ ބަންދުމީހާ ލައްވާ ފުރަންޖެހޭ ފޯމްތައް ފުރުމާއި ސޮއިކުރައްވަންޖެހޭ ލިޔެކިޔުންތަކުގައި ސޮއި ކުރުވުމުގައި އެއްވެސް ހުރަހެއް ނޯންނާނެކަން ދަންނަވަން" ކަރެކްޝަންސް ގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިސްތިއުނާފް މައްސަލައާ ގުޅޭގޮތުން ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކުވެސް ދެ ގަޑިއިރަށް ވަކީލުންނާ ބައްދަލުކުރެވޭނެ އިންތިޒާމް މިހާރުވެސް ވާނީ ހަމަޖައްސާފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް