ފުނަދޫ ދާއިރާގެ މެމްބަރު މަމްދޫހް ކައިވެނި ބައްލަވައިގެންފި

19 Nov 2026 | 20:56
މެމްބަރު މަމްދޫހާއި އަނބިކަނބަލުން -- ފޮޓޯ ސޯޝަލް މީޑިއާ

މެމްބަރު މަމްދޫހާއި އަނބިކަނބަލުން -- ފޮޓޯ ސޯޝަލް މީޑިއާ

ޜައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހް ކައިވެނި ބައްލަވައިގެންފި އެވެ.

މަމްދޫހު ކައިވެނިބައްލަވައިގެންނެވީ އޭނާ ނިސްބަތްވާ ށ. ފުނަދޫ ކަނބަލަކާއި އެވެ. އެކައިވެނި ހަފްލާ އޮތީ މިއަދު މާލޭގައި އެވެ.

Advertisement

މިއީ މަމްދޫހުގެ އަލަތު ކައިވެންޏެވެ.

މަމްދޫހު ކައިވެނި ބައްލަވައިގެންނެވުމުން ދާއިރާގެ ތިން ރަށުގެ ރައްޔިތުން ގެންދަނީ ސޯޝަލް މީޑިއާގައި މަރުހަބާ ކިޔަމުންނެވެ.

ވެރިކަން ކުރާ ޕީއެންސީގެ މެމްބަރެއް ކަމަށްވާ މަމްދޫހަކީ އެ ޕާޓީގައި ނުފޫޒު ގަދަ ޒުވާން މެމްބަރެކެވެ. އޭނާ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވީ މިހާރު ކުރިޔަށްދާ 20 ވަނަ ރައްޔިތުން މަޖިލީހުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް