އެމްއެންޔޫއިން ބުކްޝޮޕެއް ހުޅުވައިފި

19 Nov 2026 | 16:53
ފޮޓޯ: އެމްއެންޔޫ

ފޮޓޯ: އެމްއެންޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ބުކްޝޮޕް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

މި ބުކްޝޮޕް ހުޅުއްވައިދެއްވީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމެވެ. އެމްއެންޔޫއިން ބުނީ މި ފިހާރަ ހުޅުވުމުގެ ބޭނުމަކީ ޔުނިވަރސިޓީގެ ދަރިވަރުންނާއި މުވައްޒަފުންގެ އިތުރުން ޢާންމުންނަށް ވެސް ތަޢުލީމީ ވަސީލަތްތައް ފަސޭހައިން އެއް ތަނަކުން ލިބޭނެ މަގު ފަހިކުރުން ކަމަށެވެ.

Advertisement

ބުކްޝޮޕުން ޓެކްސްޓް ފޮތާއި އެކެޑެމިކް ރެފެރެންސް ފޮތާއި ޢާންމު މަޢުލޫމާތު ފޮތާއި ސްޓޭޝަނަރީއާއި ތަޢުލީމީ އާލާތްތައް ލިބޭނެއެވެ. އޭގެ އިތުރުން އެމްއެންޔޫގެ ޝާއިޢުކުރުންތަކާއި ޔުނިވަރސިޓީގެ ބްރޭންޑެޑް މުދާ ވެސް ވިއްކާނެއެވެ.

ޕްރިންޓް ކުރުމާއި ފޮޓޯކޮޕީ ކުރުމާއި ލެމިނޭޓް ކުރުމާއި ބައިންޑް ކުރުމުގެ ޚިދުމަތް ވެސް އެ ތަނުން ދޭނެއެވެ.

އެމްއެންޔޫގެ ދަރިވަރުންނާއި މުވައްޒަފުންނަށް ބުކްޝޮޕުން ޚާއްޞަ ޑިސްކައުންޓެއް ހަމަޖައްސާފައިވާ ކަމަށް ޔުނިވަރސިޓީގެ ޕްރެސް ރިލީޒްގައި ބުނެފައިވެއެވެ. މި ޑިސްކައުންޓުގެ ދަށުން ތަޢުލީމީ ވަސީލަތްތަކާއި ސްޓޭޝަނަރީއާއި ބްރޭންޑެޑް މުދަލާއި ޚިދުމަތްތައް ހެޔޮ އަގެއްގައި ލިބޭނެއެވެ.

ކިޔެވުމަށް ބޭނުންވާ މުހިންމު ވަސީލަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، ފޮތް ކިޔުމާއި ޢިލްމު ހޯދުމުގެ ސަގާފަތެއް ފެތުރުން ވެސް މި މަޝްރޫޢުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނެއެވެ. ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން އެސްޑީޖީ 4، 8، 9، 10 އަދި 12 ގައި ހިމެނޭ ކަންކަމަށް ވެސް މި ބުކްޝޮޕް މެދުވެރިކޮށް އެހީތެރިވެވޭނެ ކަމަށް އެމްއެންޔޫއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް