ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންނަށް މުޚާޠަބުކުރާނެ ގޮތް ޖޭއެސްސީން ކަނޑައަޅައިފި

19 Nov 2026 | 16:19
އުއްތަމަފަނޑިޔާރާއި ޖޭއެސްސީގެ ރައީސް --

އުއްތަމަފަނޑިޔާރާއި ޖޭއެސްސީގެ ރައީސް --

ކޯޓުތަކުގެ އެކި ދަރަޖަތަކާ އެއްގޮތަށް ފަނޑިޔާރުންނަށް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން މުޚާޠަބުކުރާނެ ރަސްމީ މިންގަނޑުތައް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އާންމުކޮށްފިއެވެ.

މި ނިންމުމުގެ ދަށުން ސުޕްރީމް ކޯޓުގެ އެންމެ އިސް ފަނޑިޔާރަށް ނިސްބަތްކޮށް މުހާތަބު ކުރަން ޖެހޭނީ "އުއްތަމަ ފަނޑިޔާރު" ކަމަށް ބުނެފައިވެ އެވެ. އެ ކޯޓުގެ ދެން ތިއްބެވި ފަނޑިޔާރުންނަށް ބޭނުންކުރާނީ "އޮނަރަބަލް ޖަސްޓިސް" މި ލަޤަބެވެ.

Advertisement

ހައިކޯޓުގައި ވެސް ވަކި ތަރުތީބެއް ވަނީ ހަމަޖައްސައިފައެވެ. އެ ކޯޓުގެ އެންމެ އިސް ބޭފުޅަށް "ހައިކޯޓުގެ އިސް ފަނޑިޔާރު" ކިޔާއިރު، ބާކީ ތިއްބެވި ފަނޑިޔާރުންނަށް ކިޔާނީ "ފަނޑިޔާރު" އެވެ.

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓާއި ފެމެލީ ކޯޓާއި ޖުވެނައިލް ކޯޓާއި ޑްރަގް ކޯޓު ހިމެނޭ ސުޕީރިއާ ކޯޓުތަކުގެ އެންމެ އިސް ވެރިޔާއަށް "އިސް ޤާޟީ" ކިޔާ ގޮތަށް ކަނޑައެޅިއިރު، އެ ކޯޓުތަކުގެ އެހެން ފަނޑިޔާރުންނާ މުޚާޠަބުކުރާނީ "ޤާޟީ" ގެ ނަމުންނެވެ. ނަން ގެންނައިރު "އަލްއުސްތާޛު/އަލްއުސްތާޛާ" ނުވަތަ "ޑޮކްޓަރު" ލަޤަބު ހިމެނުން ލާޒިމުވެއެވެ.

ކޯޓު ހިންގެވުމާ ހަވާލުވެ ހުންނަވާ ބޭފުޅުންނަށް މުޚާޠަބުކުރާނެ ގޮތް ވެސް އެ އުޞޫލުގައި ވަކިން ބަޔާންކޮށްފައިވެއެވެ.

އަތޮޅުތެރޭ މެޖިސްޓްރޭޓް ކޯޓުތަކާ ގުޅޭ ގޮތުން ޖޭއެސްސީން ނިންމީ ޖުޑީޝަލް ދާއިރާތަކުގެ އިސް ވެރިންނަށް އެ ދާއިރާގެ ނަމާ އެކު "އިސް މެޖިސްޓްރޭޓް" ކިޔައި، ބާކީ ފަނޑިޔާރުންނަށް "މެޖިސްޓްރޭޓް" ގެ ނަމުން މުޚާޠަބުކުރުމަށެވެ.

ރާއްޖޭގެ އެކި ދަރަޖައިގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރެވޭއިރު، މި ސާކިއުލާގެ ބޭނުމަކީ ހުރިހާ މަރުޙަލާއެއްގައި ފަނޑިޔާރުންނާ މުޚާޠަބުކުރުމުގެ އެއް ހަމައެއް ޤާއިމުކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް