ބާބާ ސިއްދީޤީގެ މަރުގެ މައްސަލައިގަ ހިމެނޭ މީހަކު ސައިފަށް މަރުގެ އިންޒާރު ދެނީ

19 Nov 2026 | 15:24
ސައިފް އަލީ ހާން --

ސައިފް އަލީ ހާން --

ބާބާ ސިއްދީޤީ މެރުމުގެ މައްސަލައިގައި ހޯދަމުންދާ ޒީޝާން އަޚްތަރުގެ ނަމުގައި ބޮލީވުޑް ތަރި ސައިފް ޢަލީ ޚާނަށް މަރުގެ އިންޒާރު ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި އިންޒާރު ފޮނުވީ ސީދާ ޒީޝާން އަޚްތަރުކަން ނުވަތަ އެހެން މީހަކު އޭނާގެ ނަން ބޭނުންކޮށް ސައިފަށް ބިރު ދެއްކީކަން ދެނެގަތުމުގެ މަސައްކަތް މުމްބާއީ ފުލުހުން ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޓައިގާ ޝްރޮފަށް ބަޑީގެ ހަމަލާ ކުރިމަތިވި ފަހުން ބޮލީވުޑުގެ ގިނަ ތަރިންތަކަކަށް މިފަދަ އިންޒާރުތައް ދޭ މިންވަރު ވަނީ އިތުރުވެފައި އެވެ.

Advertisement

ސައިފަށް އިންޒާރު ލިބުނީ މި މަހުގެ ކުރީ ކޮޅު ޓުއްޝާ ކަޕޫރާއި އާޔުޝްމާން ޚުއްރާނާއަށް ވެސް ހަމަ އެ ބާވަތުގެ އިންޒާރު ލިބުނު ފަހުންނެވެ. އެ ދެ ތަރީންނަށް އިންޒާރު ދިން މައްސަލައިގައި ބެންގަލޫރުގެ 30 އަހަރުގެ އައިޓީ ގްރެޖުއޭޓެއް ކަމަށްވާ ވައިބާވް މިޝްރާ ހައްޔަރުކޮށްފައިވާ އިރު، އޭނާ އެއްވެސް ކުށްވެރި ގޭންގަކާ ގުޅުން ނެތް ކަމާއި، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އިންޒާރުގެ މެސެޖުތައް ފޮނުވީ ކަމަށް ތަޙުޤީޤަށް އެނގިފައިވެއެވެ.

މި އިންޒާރާ ގުޅިގެން ސައިފް ޢަލީ ޚާންގެ ފަރާތުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މީގެ ގާތްގަނޑަކަށް ދެ އަހަރު ކުރިން، 2025 ވަނަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހު ދަންވަރު ގާތްގަނޑަކަށް 2:00 ގައި ބާންޑްރާގައި ހުންނަ ސައިފްގެ ގެއަށް ވަގަކު ވަދެ، ސައިފާއި ކަރީނާ ކަޕޫރުގެ ހަގު ދަރިފުޅު ޖެހް ނިދާފައި އޮތް ކޮޓަރިއަށް ވަނެވެ. ދަރިފުޅު ސަލާމަތްކުރުމަށް ސައިފް އެ މީހާއާ ކުރިމަތިލީ ނަމަވެސް، ކަރާއި ބުރަކައްޓަށް އެތައް ފަހަރެއްގެ މަތިން ވަޅީން ހަމަލާ ދީ ބޮޑެތި ޒަޚަމްތައް ލިބުނެވެ.

އެ ނޫން ހަމަލާއަކާއި މިހާތަނަށް ސައިފަށް ކުރިމަތިވެފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބާބާ ސިއްދީގަކީ މުމްބާއީގެ ސިޔާސީ ލީޑަރެކެވެ. އޭނާ މަރާލީ 2024 ވަނަ އަހަރު ދަރިފުޅުގެ ގޭ ދޮރުމަތީގައި ހުއްޓައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް