ނަވާޒުއްދީން ސިއްދީގާއި ދިއާ މިރުޒާ --
ބޮލީވުޑްގެ ތަރި ދިއާ މިރުޒާ އިއްޔެ ޝޯޝަލް މީޑިއާގައި އާންމު ކުރި ޕޯސްޓަކާއި އެކު ގިނަ ބަޔަކަށް ހައިރާންކަން ލިބި ފުރަތަމަ ގިނަ ސުވަލުތަކެއް އުފެއްދި އެވެ.
އޭނާގެ އިންސްޓަގްރާމްގެ ޕޯސްޓެއްގައި ބަހުގެ ހަމަލާތަކެއް އަމާޒު ކުރީ ނަވާޒުއްދީން ސިއްދީގަށެވެ. އެ ޕޯސްޓުގައި ބުނެފީ ނަވާޒުއްދީނާއި އެކު މަސައްކަތް ކުރުމަކީ ބިރުވެރި ހުވަފެނެއްފަދަ ކަމެއް ކަމަށާއި ވާހަކަ ދެއްކުމުގައި އަދަބު އިހުތިރާމެއް ނުހުންނަ އިރު ނަވާޒުއްދީންގެ ކިބުރުވެރިކަމާއި ބޮޑާވެރިކަން އެހެން މީހުންނަށް ދައްކާ ކަމަށެވެ.
މި ޕޯސްޓާއި އެކު ފުރަތަމަ ގިނަ ބަޔަކު ވަނީ ދެ މީހުންގެ ދެމެދުގައި ޖެހުނީ ކޮން މައްސަލައެއްތޯ ސުވާލު ކުރަން ފަށާފައި އެވެ. އަދި އެގޮތަށް މައްސަލަ ޖެހޭ ނަމަ އެކުގައި މަސައްކަތް ކުރާނީ ކިހިނެތްތޯ މީހުން އަހާފައިވެ އެވެ.
އެފަދަ ކޮމެންޓުތަކަށް މާގިނަ އިރެއް ނުވަ އެހެން މީހުން ވަނީ އެ ޕޯސްޓަކީ ދެ ދެ ތަރިންގެ ކުރިޔަށް އޮތް ވެބް ސީރީޒްގެ ޕްރޮމޯޝަނެއް ކަމަށް ބުނެފައި އެވެ. އަދި ދިއާ އެބުނާ ސިފަތަކަކީ އެ ސީރީޒްގައި ނަވާޒުއްދީގެ ފަރާތުން ފެންނާނެ ސިފަތައް ކަމަށް ޔަގީން ކުރެވޭ ކަމަށް މީހުން ބުނެފައިވެ އެވެ.
އެހެންވެ އެފަދަ ޕޯސްޓުތަކުގެ ދަލުގައި ނުޖެހޭނެ ކަމަށާއި ތިކަހަލަ ވާހަކަތައް ޖެހުން މިހާރު ޕްރޮމޯޝަންގެ ގޮތުގައި ބަލައިގަންނަން ފޫހި ކަމަށް ބުނި މީހުންވެސް ގިނަ އެވެ.
ދެ ތަރިން އެކުގައި ފެންނާނީ "ޑރ. ހަސަން" އިންނެވެ. މި ސީރީޒް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހު ޖިއޯހޮޓްސްޓާއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް