ވަޒީފާ ހޯދާ މައްސަލަ ބޮޑުވެ، މެލޭޝިއާއިން އިންޑިއާ މީހުންނަށް ޓޫރިސްޓު ވިސާ ދޫކުރުން ހުއްޓާލަނީ

19 Nov 2026 | 14:29
ވަޒީފާ ހޯދާ މައްސަލަ ބޮޑުވެ، މެލޭޝިއާއިން އިންޑިއާ މީހުންނަށް ޓޫރިސްޓު ވިސާ ދޫކުރުން ހުއްޓާލަނީ

އިންޑިއާ ޕާސްޕޯޓު ގެންގުޅޭ މީހުން އަންނަ ޖެނުއަރީ މަހުން ފެށިގެން ހާއްސަ ވިސާއެއް ނެތި މެލޭޝިއާއަށް އެތެރެ ނުވެވޭގޮތަށް ހަދައިފި އެވެ.

މީގެ ކުރިން މެލޭޝިއާއިން ވިޔަފާރި، ފަތުރުވެރިކަން، އިޖުތިމާޢީ ދަތުރު ނުވަތަ ޓްރާންސިޓް ބޭނުމަށް ގިނަވެގެން 30 ދުވަހަށް ވީޒާ ނެތި ވަނުމުގެ ފުރުޞަތު އިންޑިއާ ރައްޔިތުންނަށް ދީފައި އޮތެވެ. ނޮވެމްބަރު 17 ގައި ނެރުނު ނޯޓިސްގައި އެ ޑިޕާޓްމެންޓުން ބުނެފައިވަނީ "ވީސާ އިސްތިސްނާގެ ޚިދުމަތް 2027 ޖެނުއަރީ އެކަކުން ފެށިގެން އިންޑިއާ ރައްޔިތުންނަށް ދެން ނުލިބޭނެ" ކަމަށެވެ.

Advertisement

އެ ޤައުމަށް ދަތުރުކުރާ އިންޑިއާ ރައްޔިތުން 2026 ޑިސެމްބަރު އެކަކުން ފެށިގެން މައިވީޒާ ޕޯޓަލް މެދުވެރިކޮށް ވީސާއަށް ހުށަހެޅެންފެށޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި ބަދަލު އައީ ކުއާލަލަމްޕޫރުގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މީގެ ދެ މަސް ކުރިން އިންޒާރުގެ އެޑްވައިޒަރީއެއް ނެރެ، 30 ދުވަހުގެ ވީސާ ފެސިލިޓީ ބޭނުންކޮށްގެން ވަޒީފާ ހޯދުމަށް އިންޑިއާ ރައްޔިތުން ދާ މައްސަލަ ފާހަގަކުރި ފަހުންނެވެ. ވީޒާ އިސްތިސްނާގެ ދަށުން ވަޒީފާ ހޯދަން އެތެރެވާ އިންޑިއާ ރައްޔިތުންގެ ޢަދަދު "ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައިވާ" ކަމަށާއި، ވޯކް ޕާމިޓެއް ނެތި ދިއުމުން ހުންނަންޖެހޭ މުއްދަތު ފަހަނައެޅުމާއި ޣައިރުޤާނޫނީ އިމިގްރެންޓުންނަށް ވުމުގެ ނުރައްކާ އެބައޮތް ކަމަށް އެ ހައި ކޮމިޝަނުން ބުނެފައިވެއެވެ.

އައު އުސޫލާ އެކު ވީސާ ނެތި ދަތުރުކުރާ ބޭރު ރައްޔިތުން ޕާސްޕޯޓުގައި މަދުވެގެން ހަ މަސް ދުވަހުގެ ވެލިޑިޓީ ހުރުމާ އެކު، މެލޭޝިއާގައި ހޭދަކުރާ މުއްދަތުގެ ޚަރަދު ބެލެހެއްޓޭނެކަން ސާބިތުކޮށްދޭ ލިޔެކިޔުން ބޭނުންވެއެވެ. ވީސާ ހޯދާ ފަރާތްތަކުން މައިޓްރިޕްޕާސް ޕްލެޓްފޯމް މެދުވެރިކޮށް ޓްރެވެލް މެޑިކަލް އިންޝުއަރެންސް ސެޓްފިކެޓް ހެއްދުމަށް ވެސް އެ ޑިޕާޓްމެންޓުން ބާރުއަޅާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް