މީގެ ހަތަރު އަހަރު ކުރިން ކަނޑަށް ގެއްލުނު ޒުވާނަކު މަރުވި ކަމަށް ކަނޑައަޅައި ކަށު ނަމާދު ބާއްވަން ނިންމައިފި އެވެ.
ކަށު ނަމާދު ކުރަނީ ސ. ހިތަދޫ، މިންހާ، މުހައްމަދު މިންހާޖުގެ މައްޗަށެވެ. އޭނާ ގެއްލުނީ 22 ވަނަ އަހަރުގެ އޮކްޓޯބަރު ފަސް ވަނަ ދުވަހު އެވެ.
އޭނާ ގެއްލުނީ އިތުރު މީހަކާއި އެކު ދެ މީހުންނާ އެކު މާލެއިން އއ. އުކުޅަހަށް ދަތުރު ކުރި ލޯންޗު ބަންޑުން ޖަހާލައިގެންނެވެ. މިހާދިސާގައި މިންހާޖު ގެއްލުނު އިރު އޭނާއާ އެކު ދެން ދަތުރުކުރި މީހާ ފަތާފައި އެ އަތޮޅު ފެރިދުއަށް އަރައި ސަލާމަތްވި އެވެ.
ކަށު ނަމާދު ޕޭޖުގައި ބުނެފައިވާގޮތުގައި މިންހާޖުގެ މައްޗަށް ޣައިބުގައި ކަށު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހުކުރު ނަމާދަށް ފަހު ސަލްމާން މިސްކިތުގައި އެވެ.
ގެއްލޭ މީހުންގެ މައްޗަށް ކަށުނަމާދު ކުރެވޭނީ، އެ މީހަކު މަރުވެފައިވާ ކަމަށް ކޯޓުން ކަނޑައެޅުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް