N/A
މިއަދު
ޤައުމު ސިއްސުވާލި އެއް ޚަބަރަކީ ސިފައިންގެ މީހަކު ކުޑަ ދެ އަންހެން ކުއްޖަކަށް
ޖިންސީ ގޯނާ ކުރިކަމަށް ބުނާ ޚަބަރެވެ. އެ ޚަބަރު ކިތަންމެ ބޮޑު ނަމަވެސް ކަމާބެހޭ
ޢިދާރާތަކުން މައްސަލައިގެ ބޮޑު ކަމާ އެއްވަރަށް ޢަމަލުކުރާކަމާއިމެދު އަދި
އެއްޗެއް ބުނަން ދައްޗެވެ.
އެފަދަ
މައްސަލައެއް ބަލަން ފަށައިފިކަމަށް ދިވެހި ފުލުހުން ބުނި ނަމަވެސް މި
މައްސަލައިގާ މި ހިމެނެނީ ސިފައިންގެ މީހެއް ނަމަވެސް ދިވެހި ސިފައިންގެ ފަރާތުން
އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
ދުވަހަށް
މަސްދަރަކުން ވަނީ މިކަމުގައި ޝިކާރައަކަށްވި ކަމަށް ބެލެވޭ އެއް ކުއްޖަކު އެ
ކުއްޖާގެ ޢާއިލާ މީހަކަށް ފޮނުވިކަމަށް ބުނާ ވަރަށް ހިތާމަވެރި މެސެޖެއްގެ ސްކްރީންޝޮޓެއް
ހިއްސާކޮށްފައެވެ.
މެސެޖުތަކުގައި އެ ބުނާއެއްޗެއް ބަހުން ބަހަށް ގެނެސްދޭން ގަސްތެއް ނުކުރުމެވެ. ނަމަވެސް ކަމުގެ ސީރިއަސްކަން އެ މެސެޖުތަކުން ދޭހަވެއެވެ. އެހީއަށް އެދި އެ ކުއްޖާގެ ބައްޕަ ފަރާތު ޢާއިލާ މީހަކަށް ފުރަތަމަ ގުޅީވެސް ފަތިހުގެ ވަގުތެއްގައެވެ.
ކުޑަ ދެ
ކުއްޖަކަށް ޖިންސީ އަނިޔާ ކުރިކަމުގެ ތުހުމަތު ކުރެވުނު ނަމަވެސް އެ ފުރާޅުގެ
ދަށުގައި އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކާއި 13 އަހަރުގެ އަންހެން
ކުއްޖަކާއި 15 އަހަރުގެ އަންހެން ކުއްޖަކު އެބަތިއްބެވެ. އޭގެ ތެރެއިން 15
އަހަރުގެ އަންހެން ކުއްޖާ މިވަގުތު ހުރީ އެ ކުއްޖާގެ ބައްޕަ ފަރާތުގެ ޢާއިލާ
މީހެއްގެ ކައިރީގައެވެ. ނަމަވެސް އެ އަންހެން ކުއްޖާވެސް އެ އަންހެން ކުއްޖާގެ
މަންމަ ކައިރިއަށް އަނބުރާ ދިއުމަށް އެއްވެސް ހުރަހެއް ނެތެވެ.
އަދި މިކަމުގައި
ވަރަށް ހައިރާންވާ އެއް ކަމެއް އެބަ އޮތެވެ. އަނިޔާ ލިބުނު ކުއްޖާގެ ބައްޕަގެ
ފަރާތު ޢާއިލާއިން ޖެންޑާ މިނިސްޓްރީ އާއި ފުލުހުންނާއި ސިފައިންނަށް މައްސަލަ
ޖައްސާފައިވާއިރު އެ އަންހެން މީހާއާއި ސިފައިންގެ މީހާ ކައިވެނި ނުކޮށް އެކުގައި
އުޅޭތާ 10 ވަރަކަށް އަހަރުވެފައިވާކަންވެސް ޖެއްސި މައްސަލައިގާ
ފާހަގަކޮށްފައިވެއެވެ.
މިފަދަ
ބޮޑު ތުހުމަތެއް ކުރެފައިވާއިރު ސިފައިންގެއަށް ނިސްބަތްވާ އެމީހާ ވަޒީފާގެ
މަސްޢޫލިއްޔަތުން ދުރުކުރިކަންވެސް ނުވަތަ ނޫންކަންވެސް އަދި ސާފެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް