މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީން ކެއްކުމުގެ މުބާރާތެއް ބާއްވަނީ

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީން މާލޭގައި ކެއްކުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައިފި އެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މިނިސްޓ...

19 Nov 2024 | 17:22

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީން މާލޭގައި ކެއްކުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މިނިސްޓްރީ އާއި ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް) ގުޅިގެން އަންނަ މަހުގެ 7 ވަނަ ދުވަހު މާލޭގައި ކެއްކުމުގެ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މުބާރާތުގެ އަމާޒަކީ ޒުވާނުންނާއި ކެއްކުމުގެ ދާއިރާއަށް އަލަށް ނުކުންނަ ފަރާތްތައްކަށް މިދާއިރާއިން ފުރުސަތު ފަހިކޮށް، މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި އެފަރާތްތައް ބައިވެރިކުރުން ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތައް ކަމާގުޅޭ ފޯމް ފުރިހަމަ ކުރުމަށް ފަހު އަންނަ މަހުގެ އެއްވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މިނިސްޓްރީ އަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް