ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ އާދަތައް ކުރިއެރުވުމަށް އަމާޒުކޮށްގެން ބޭންކް އޮފް މޯލްޑިވްސްއިން ހިންގި ވޭސްޓް މެނޭޖްމަންޓް ގްރާންޓް ޕްރޮޖެކްޓް ކާމިޔާބުކުރި ފަރާތްތައް ހޮވައިފިއެވެ.
ކާމިޔާބުކުރި ފަރާތް:
ލިވް އެންޑް ލާރން އެންވަޔަރަންމަންޓަލް އެޑިޔުކޭޝަން މޯލްޑިވްސް
- ބޭންކުން ފޯރުކޮށްދޭ އާލާތްތައް: ތިން ގްލާސް ކްރަޝަރ މެޝިން
- އާލާތްތައް ލިބޭ ރަށްތައް: ކ. ގާފަރު، އއ. އުކުޅަސް އަދި އދ. ދިގުރަށް
މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ)
- ބޭންކުން ފޯރުކޮށްދޭ އާލާތްތައް: އެއް ގްލާސް ކްރަޝަރ މެޝިން އަދި އެއް ބޭލަރ
- އާލާތްތައް ލިބޭ ރަށް: ހުޅުމާލެ
ބޭންކުން ބުނެފައިވގޮތުގައި މި މަސައްކަތުން ކުނިގޮނޑުތަކަށް އުކާލެވޭ ކުނީގެ މިންވަރު މަދުކޮށް، ކުނި ނައްތާލުމުގެ ޚަރަދު ކުޑަކޮށް، އަދި ހަރުދަނާ ގޮތެއްގައި ރީސައިކަލްކުރުމުގެ މަސައްކަތް ކުރިއެރުވޭނެއެވެ. މި ޕްރޮޖެކްޓަކީ ދެމެހެއްޓެނިވި މުޖުތަމަޢުތަކެއް ބިނާކުރުމަށާއި ތިމާވެށި ރައްކާތެރިކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު މަޝްރޫއެއްކަމުގައިވެސް އެ ބޭންކުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް