ކާރެއްގެ ތެރޭގައި މީހަކު ރަހީނުކުރި މައްސަލައިގާ ހައްޔަރުކުރި އެންމެން ދޫކޮށްލައިފި

މި މަހުގެ 11 ވަނަ ދުވަހުގެރޭ، ކާރެއްގެ ތެރޭގައި މީހަކު ރަހީނުކުރި މައްސަލައެއްގައި ހައްޔަރުކުރި ފަސް މީހުން ދޫކޮށްލައިފިއެވެ. ފުލުހުން މިއަދު ބުނީ އެމީހުން ދޫކޮށްލާފައިވަނީ އިތުރަށް ބަންދުގައި ބޭތިއްބ...

19 Nov 2024 | 12:01

މި މަހުގެ 11 ވަނަ ދުވަހުގެރޭ، ކާރެއްގެ ތެރޭގައި މީހަކު ރަހީނުކުރި މައްސަލައެއްގައި ހައްޔަރުކުރި ފަސް މީހުން ދޫކޮށްލައިފިއެވެ.

ފުލުހުން މިއަދު ބުނީ އެމީހުން ދޫކޮށްލާފައިވަނީ އިތުރަށް ބަންދުގައި ބޭތިއްބުމަށް ނުފެންނާތީ ކަމަށެވެ.

މި މަހުގެ 12 ވަނަ ދުވަހު ފުލުހުން ބުނެފައިވަނީ ހުޅުމާލެ އޯކިޑް ހުނގުމުގައި ކާރެއްތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް ހިފަހައްޓައި އަނިޔާކޮށް ބިރުދައްކައި އަދި އެމީހާގެ އާއިލާ މީހުންނަށް ގުޅައި ފައިސާއަށް ޑިމާންޑްކުރި މައްސަލައެއްގައި ފަސް މީހަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖެހި ކަމަށެވެ.

އެ ފަސް މީހުން ދޫކޮށްލިނަމަވެސް މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް