މީޑިއާ ބިލް އަނބުރާ ގެންދަން ހަންނާން ނިންމަވައިފި

ސަރުކާރަށް މީޑިއާ ކޮންޓްރޯލް ކުރެވޭހެން ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދަން ނިންމައިފިއެވެ. މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަން އޮފް މޯލްޑިވްސް އެއްކޮށްލައި އާ ކޮމިޝަނެއް އުފައްދަ...

19 Nov 2024 | 07:03

ސަރުކާރަށް މީޑިއާ ކޮންޓްރޯލް ކުރެވޭހެން ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދަން ނިންމައިފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަން އޮފް މޯލްޑިވްސް އެއްކޮށްލައި އާ ކޮމިޝަނެއް އުފައްދައި އަދި މީޑިއާތަކާއި ނޫސްވެރިން ޖޫރިމަނާކުރެވޭހެން މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދަން ނިންމީ އެ ބިލު ހުށަހެޅުއްވި، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތުދެމުން ހަންނާން ވިދާޅުވީ އެ ބިލު އަނބުރާ ގެންދަން ނިންމީ އެ ބިލު ކުރިއަށްނުދާނެކަން އެނގޭތީ މަޖިލީހުގެ ވަގުތު ބޭކާރު ކުރަން ބޭނުންނުވާތީ ކަމަށެވެ.

ބިލު އަނބުރާ ގެންދަން ނިންމާފައިވާއިރު މި ބިލު ބޭރުކޮށްލާނެކަމުގައި ރައީސް މުއިއްޒު ވަނީ ކުރިން ވިދާޅުވެފައެވެ.

ސަރުކާރަށް އެއް އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ބޭއްވި ޖަލްސާ ނިންމަވާލައްވައި ނިކުންނެވި ވަގުތު ދައުރުގެ ސީނިއަރ ނޫސްވެރިޔާ މުޒައްޔިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ މީޑިއާ ކޮންޓްރޯލްކުރަން ބޭނުން ނުވާކަމަށާއި އެ ބިލުވެސް ކުރިއަށް ނުދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް