ނޭޝަންސް ލީގު: ޕޮލަންޑް އަތުން މޮޅުވުމުން ސްކޮޓްލަންޑަށް ޕްލޭއޮފު ކުޅެން ނުޖެހި ސަލާމަތްވެއްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ޕޮލަންޑާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގައި ޖެހި ލަނޑާއެކު މޮޅުވެ، މުބާރާތުގެ ޕްލޭއޮފް މެޗުން ކުޅެން ނުޖެހި ސްކޮޓްލަންޑް ސަލާމަތްވެއްޖެއެވެ. ރޭގެ މި މެޗުން ސްކޮޓްލަން...

19 Nov 2024 | 05:16

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ޕޮލަންޑާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގައި ޖެހި ލަނޑާއެކު މޮޅުވެ، މުބާރާތުގެ ޕްލޭއޮފް މެޗުން ކުޅެން ނުޖެހި ސްކޮޓްލަންޑް ސަލާމަތްވެއްޖެއެވެ.

ރޭގެ މި މެޗުން ސްކޮޓްލަންޑް މޮޅުވީ1-2 ގެ ނަތީޖާއިންނެވެ.

ލީގު އޭގެ ގްރޫޕް އެކެއްގައި ކުޅުނު މި މެޗު ސްކޮޓްލޭންޑް އިން ކާމިޔާބު ކުރުމާއެކު އެ ޓީމަށް ވަނީ ގްރޫޕުގައި ކުޅުނު ހަ މެޗުން 7 ޕޮއިންޓާއެކު ގްރޫޕުގެ ތިންވަނަ މަގާމް ލިބިފަ އެވެ. ޕޮލެންޑަށް ހަތަރު ޕޮއިންޓާއެކު ގްރޫޕުގެ ފުލަސް ގޮސްފައިވާއިރު ލީގު އޭގެ ރެލިގޭޝަންގެ ޕްލޭއޮފް މެޗުން ސްކޮޓްލޭންޑް ވަނީ ސަލާމަތްވެފަ އެވެ.

ޕޮލެންޑްގައި ކުޅުނު މި މެޗުގެ ތިންވަނަ މިނިޓުގައި ސްކޮޓްލޭންޑްގެ ޖޯން މެކްގިން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

މެޗުގެ ފުރަތަމަ ހާފު 1-0 ގެ ނަތީޖާއަކުން ކުރީގައި އޮވެ ސްކޮޓްލޭންޑް އިން ނިންމާލި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި ޕޮލެންޑްގެ ކަމީލް ޕްލަޓްކޯވްސްކީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުން ސްކޮޓްލޭންޑް މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމި އިތުރު ވަގުތުގެ ކުޅުމުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ކެޕްޓަން އެންޑީ ރޮބާޓްސަން އެވެ. މިއީ އޭނާ ގައުމީ ޓީމަށް ކުޅުނު 80 ވަނަ މެޗުވެސްމެ އެވެ.

މި މެޗުން ބަލިވުމާއެކު ރެލިގޭޝަންގެ ޕްލޭއޮފް ގައި ސްކޮޓްލޭންޑް އަންނަ އަހަރު ހޯމް އެންޑް އަވޭ އުސޫލުން ދެ މެޗު ކުޅެން ޖެހޭނެ އެވެ. އަދި އެ މެޗުގައި ސްކޮޓްލޭންޑާއި ދެކޮޅަށް ކުޅޭނެ ޓީމެއް ކަނޑައެޅިގެންދާނީ އަންނަ ޑިސެމްބަރ މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ގުރުއަތަށް ފަހުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް