ނޭޝަންސް ލީގު: ޕޯޗުގަލާ އެއްވަރުކޮށް ކްރޮއޭޝިއާ ކުއާޓާ ފައިނަލަށް

ޔުއެފާ ނޭޝަންސް ލީގުގައި ޕޯޗުގަލާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކްރޮއޭޝިއާއިން ހޯދައިފިއެވެ. ޕޯޓުގަލް އާއި ކްރޮއޭޝިއާ ބައްދަލުކުރި މި މެޗު އެއްވަރުވީ1-1 ގެ ނ...

19 Nov 2024 | 05:10

ޔުއެފާ ނޭޝަންސް ލީގުގައި ޕޯޗުގަލާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކްރޮއޭޝިއާއިން ހޯދައިފިއެވެ.

ޕޯޓުގަލް އާއި ކްރޮއޭޝިއާ ބައްދަލުކުރި މި މެޗު އެއްވަރުވީ1-1 ގެ ނަތީޖާއިންނެވެ.

މި މެޗަށް ޕޯޗުގަލް އިން ނުކުތީ އެޓީމުގެ މުހިންމު ގިނަ ކުޅުންތެރިންނާއި ނުލައިއެވެ. އެއީ އެޓީމަށް ކުއާޓާގެ ޖާގައެއް މާކުރިންވެސް ކަށަވަރުވެފައި އޮތުމުންނެވެ.

މި މެޗުން ކޮންމެގޮތެއް ހަދާފަވެސް ޕޮއިންޓެއް ބޭނުންވެފައިވާ ކްރޮއޭޝިއާ އާއި ދެކޮޅަށް ޕޯޗުގަލް ކުޅުނު މި މެޗުގެ 33 ވަނަ މިނިޓުގައި ޗެލްސީގެ ފޯވަޑް ޖޮއާއޯ ފީލިކްސް ވަނީ ލަނޑެއް ޖަގާ ޕޯޗުގަލް އަށް ލީޑު ނަގައިދީފަ އެވެ.

ކްރޮއޭޝިއާ އިން ރަގަޅަށް ކުޅެ ގިނަ ހަމަލަތަކެއް އުފައްދާފައިވާ މި މެޗުގައި އެ ޓީމުގެ ކްރަމަރިޗް ފޮނުވާލި ހަމަލަތަކެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.

މި މެޗުގައި ކްރޮއޭޝިއާ އަށް އެއްވަރުކޮށްދިން ލަނޑު މެޗުގެ 65 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މެންޗެސްޓަރ ސިޓީއަށް ކުޅެމުންދާ ޑިފެންޑަރ ޖޮސްކޯ ގްވަޑިއޯލް އެވެ.

މި ލަނޑަށްފަހުވެސް ކްރޮއޭޝިއާގެ ކްރަމަރިޗް ޕޯޗުގަލްގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ނުރައްކާތެރި ހަމަލައެއް ކީޕަރު ޖޯސޭ ސާ ވަނީ ދިފާއުކޮށްފަ އެވެ.

ކްރޮއޭޝިއާގައި ކުޅުނު މި މެޗު އެއްވަރުވުމާއެކު އެ ޓީމަށް ވަނީ ހަ މެޗުން 8 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމު ލިބިފަ އެވެ. ޕޯޗުގަލް އަށް ހަ މެޗުން ވަނީ 14 ޕޮއިންޓް ލިބިފަ އެވެ. ޕޮލެންޑް އަތުން ސްކޮޓްލޭންޑް މޮޅުވި ނަމަވެސް އެ ޓީމަށް ލިބިފައިވަނީ 7 ޕޮއިންޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް