ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާރޖްގެ މަގާމަށް، މާފަންނު ކޮތަންމާގެ މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އައްޔަންކުރައްވައިފިއެވެ.
މުންދު އެ މަގާމަށް އައްޔަންކުރައްވާފައިވަނީ ސަރުކާރުގެ ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަންކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިސްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މުންދުއަށް މަގާމުގެ ފަތްކޮޅު އަރުވާފައެވެ.
މުންދުއަކީ ފޮރިން ރިލޭޝަންސް ދާއިރާގައި ކުރިންވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ރައީސް ޔާމީންގެ ދައުރުގައި ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރުކަން އަދާކުރައްވާފައިވެއެވެ. އަދި އޭގެ ކުރިންވެސް ފޮރިން ރިލޭޝަންސްގެ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް