ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަގާމަށް، ގަލޮޅު ވަށަފަރު އިޤްބާލް އާދަމް އައްޔަންކުރައްވައިފިއެވެ.
އިޤްބާލް އެ މަގާމަށް އައްޔަންކުރައްވާފައިވަނީ ސަރުކާރުގެ ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަންކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިސްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިޤްބާލަށް މަގާމުގެ ފަތްކޮޅު އަރުވާފައެވެ.
އިޤްބާލް އެންމެ ފަހުން ހުންނެވީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަޤާމުގައެވެ.
އެ މަޤާމުންނާއި އެ ޕާޓީން އިޤްބާލް އިސްތިއުފާ ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ފަހުންނެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އިޤްބާލް ހުންނެވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ފަހަތްޕުޅުގައެވެ. އެހެންނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑރ. މުއިއްޒަށް ތާއީދުކުރައްވަން ނިންމަވައި، ކެމްޕޭނު ހަރަކާތްތަކުގައި އިޤްބާލް ހަރަކާތްތެރިވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް