އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމަށް މުޙައްމަދު ޝަމްޢާން ވަހީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް މުހައްމަދު ޝަމްޢާން ވަހީދު މިއަދު އައްޔަނު ކުރައްވައިފިއެވެ. ޝަމްޢާން އެ މަގާމަށް އައްޔަންކޮށްފައިވަނީ ސ...

19 Nov 2023 | 15:30

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް މުހައްމަދު ޝަމްޢާން ވަހީދު މިއަދު އައްޔަނު ކުރައްވައިފިއެވެ.

ޝަމްޢާން އެ މަގާމަށް އައްޔަންކޮށްފައިވަނީ ސަރުކާރުގެ ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަންކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިސްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޝަމްޢާނަށް މަގާމުގެ ފަތްކޮޅު އަރުވާފައެވެ.

އިމިގްރޭޝަން ކޮންޓްރޯލަރގެ މަގާމަށް ޝަމްޢާން މިއަދު އައްޔަނުކުރައްވާފައިވާއިރު އާ ސަރުކާރުގެ ހިންގުމުގެ އާ އޮނިގަނޑުގެ ދަށުން އިމިގްރޭޝަން ދެން ހިންގަމުންގެންދާނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުންނެވެ.

ކުރިން އިމިގްރޭޝަން ހިންގަމުންގެންދިޔައީ ޑިފެންސް މިނިސްޓްރީގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް