ސުޝް އަށް 47 އަހަރު – މިހާތަނަށް 12 ލޯބިވެރިން  - މިވަގުތު ހުސް

ކުރީގެ މިސް ޔުނިވާސް އަދި ސުޝްމިތާ ސެން އަށް މިއަދު މިވަނީ 47 އަހަރު ފުރިފައެވެ. މި އާޓިކަލްގައި މި ބަލައިލަނީ އުމުރުން 19 ނޮވެމްބަރު 1975ގައި އުފަންވި ސުޝްމިތާ ސެންގެ ލޯބީގެ ގުޅުންތަކުގެ މައްޗަށެވެ. ...

19 Nov 2022 | 18:14

ކުރީގެ މިސް ޔުނިވާސް އަދި ސުޝްމިތާ ސެން އަށް މިއަދު މިވަނީ 47 އަހަރު ފުރިފައެވެ.

މި އާޓިކަލްގައި މި ބަލައިލަނީ އުމުރުން 19 ނޮވެމްބަރު 1975ގައި އުފަންވި ސުޝްމިތާ ސެންގެ ލޯބީގެ ގުޅުންތަކުގެ މައްޗަށެވެ.

ޕާކިސްތާނުގެ ކްރިކެޓް ކުޅުންތެރިޔާ ވާސިމް އަޚްތަރު

ސުޝް، ވާސިމާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނުކަމުގެ އަޑުތައް ފެތުރިގެންދިޔައީ 2009 ހިސާބުގައެވެ.

ވިކްރަމް ބަޓް

ފިލްމް ޑިރެކްޓަރު ވިކްރަމް ބަޓާއި ސުޝްމިތާ ސެންގެ ލޯބީގެ ގުޅުމުގެ ވާހަކަތައް ދެކެވެމުންދިޔައީ 1996 ވަނަ އަހަރުގެ ތެރޭގައެވެ.

ރަންދީޕް ހޫޑާ

ފިލްމީ ތަރި ރަންދީޕް ހޫޑާއާއި ސުޝް ލޯބީގެ ގޮތުން ގުޅިގެން އުޅުނީ 2020 ވަނަ އަހަރުގައެވެ.

ރޯމަން ޝޯލް

މޮޑެލް، ރޯމަން ޝޯލަކީ ސުޝްއާއެކު އެންމެ ގިނަ ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުނު އެއް ފަރާތެވެ. ރޯމަނާއެކު ސުޝް ވަނީ ތިން އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅެފައެވެ.

ސަބީރް ބާޓިއާ

ހޮޓްމެއިލްގެ ފައުންޑަރ ސަބީރް ބާޓިއާއަކީވެސް ސުޝްގެ ލޯބީގެ ލިސްޓުގައި ހިމެނޭ ފަރާތެކެވެ.

ސަންޖޭ ނާރަންގ

އިންޑިއާގެ ވިޔަފާރިވެރިޔާ ސަންޖޭ ނާރަންގާއެކު ސުޝް ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ކުޑަ ދުވަސްކޮޅަކަށެވެ.

ލަލިތު މޯދީ

ވިޔަފާރިވެރިޔާ ލަލިތު މޯދީއާއި ސުޝް ލޯބީގެ ގޮތުން ގުޅުނީ މި އަހަރުގެ ތެރޭގައެވެ. ހަމަ މި އަހަރުގެ ތެރޭގައި މި ދެ ލޯބިވެރިން ގުޅުން ކަނޑާލާފައިވާއިރު ލަލިތަށްފަހު އިތުރު މީހަކާ ސުޝް ލޯބީގެ ގޮތުން ގުޅުނުކަން އެނގޭކަށް ނެތެވެ.

ރިތިކް ބާސިން

ރެސްޓޯރެންޓް އަދި ނައިޓް ކްލަބްސްތައް ހިންގާ ވިޔަފާރިވެރިޔާ ރިތިކް ބާސިން އާއި ސުޝްމިތާ ސެންގެ ލޯބީގެ ގުޅުން ހަތަރު އަހަރަށް ދެމިގެންދިޔައެވެ.

މީގެ އިތުރުންވެސް ބަންޓީ ސަޗްދޭވާ، މާނަވް މެނަން، އިމްތިޔާސް ޚަތުރީ، މުދައްސަރް އަޒީޒަކީވެސް ސުޝްގެ ކުރީގެ ލޯބިވެރިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް