ގޯލާ އުރީދޫ ފޮޓްބޯލް ލީގުން ސްކޯ ދިމާކޮށްގެން ސީ ގިއަރގެ އަގުހުރި އިނާމުތަކެއް

އުރީދޫ ފުޓްބޯޅަ ފޯރިއަކީ މި ވޯލްޑްކަޕްގެ ފޯރި އިތުރަށް ގަދަކޮށްލާ ބިޔަ ބޮޑު ހަރަކާތެކެވެ. މި ހަރަކާތުގެ ދަށުން ކުރިއަށްދާ މުހިއްމު އެއް ކަމަކީ ގޯލާ އާއެކު އުރީދޫއިން ކުރިއަށްގެންދާ ގެސް ދަ ސްކޯ، އުރީދ...

19 Nov 2022 | 17:21

އުރީދޫ ފުޓްބޯޅަ ފޯރިއަކީ މި ވޯލްޑްކަޕްގެ ފޯރި އިތުރަށް ގަދަކޮށްލާ ބިޔަ ބޮޑު ހަރަކާތެކެވެ. މި ހަރަކާތުގެ ދަށުން ކުރިއަށްދާ މުހިއްމު އެއް ކަމަކީ ގޯލާ އާއެކު އުރީދޫއިން ކުރިއަށްގެންދާ ގެސް ދަ ސްކޯ، އުރީދޫ ފުޓްބޯޅަ ފޯރި ލީގެވެ.

ދިވެހި އުފެއްދުމެއް ކަމަށްވާ ގޯލާރ އެޕް މެދުވެރިކޮށް އުރީދޫ ފުޓްބޯލް ފޮރި ލީގުގައި ބައިވެރިވެ ވޯލްޑް ކަޕްގެ މެޗްތަކުގެ ސްކޯ ދިމާކޮށްގެން ވަރަށް ޙާއްސް އިނާމް ތަކެއް ހޯދުމުގެ ފުރުސަތުވެސްވެސް ވޯލްޑް ކަޕްގެ މެޗްތައް ފެށުމާއެކު ހުޅުވިގެން ދާނެއެވެ.

މި ލީގުގައި އަގުހުރި ބޮޑެތި އިނާމުތަކެއް ލިބިގެންދެއެވެ. އެންމެ މަތިން ޕޮއިންޓް ހޯދާ ނުވަ ފަރާތަކަށް އިނާމު ލިބިގެންދާއިރު ދެވަނަ، ތިންވަނަ، ހަތަރުވަނަ، ފަސްވަނަ އަދި ނުވަވަނަ އަށް އިނާމު ހުށަހަޅާފައިމިވަނީ ސީ ގިއަރ އިންނެވެ.

ސީ ގިއަރ އަކީ 2013 އިން ފެށިގެން މެރިން ސަޕްލައިސް، ހޯލްސޭލް އަދި ރީޓެއިލްކޮށް ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ ނަން މަޝްހޫރު މަގްބޫލު ވިޔަފާރިއެކެވެ.

ސީގިއަރ އިން މި ލީގަށް ހުށަހަޅާފައިވާ އިނާމުތަކަށް ބަލައިލާއިރު:-

ދެވަނައަށް: އިންފިނިޓީ ސީ ސްކޫޓަރ ޕެކޭޖެއް

ތިންވަނައަށް: އެރޯ ވެންޓާ ސަޕް ބޯޑް 9.6 ޕެކޭޖެއް

ހަތަރުވަނައަށް: ސޫންޓޯ ޑީ5 ބްލެކެއް

ފަސްވަނައަށް: ކެލިޕްސޯ އިންޓް ރެގިއުލޭޓަރ ސެޓެއް

ނުވަވަނައަށް: ސީ ގިއަރ އިން ކުރައްވާ ވިޔަފާރިއަށް 15 އިންސައްތަ ޑިސްކައުންޓް

މި އިނާމުތަކުގެ އިތުރުން މި ލީގުގެ ފަސްވަނަ، ހަ ވަނަ އަދި ހަތްވަނައަށް ކްރޮސް ރޯޑްސް އިން އިނާމުތައް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން މި ލީގުގެ އެއްވަނައަށް އުރީދޫގެ ފަރާތުން ހުށަހަޅާފައިވަނީ އައިފޯން 14 ޕްރޯ މެކްސް އެކެވެ.

މި ލީގުގައި މުޅިން ހިލޭ ބައިވެރިވެވޭއިރު ސްކޯ ގެސް ކުރާ ކޮންމެ ފަހަރަކު 1ރ ޗާރޖްކުރެވޭނެއެވެ

ގޯލަރ އެޕް ޑައުންލޯޑް ކޮށްލުމަށް: http://ore.do/goalr

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް