މިއަދަކީ ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަސް އަދި ދުނިޔޭގެ ފާޚާނައިގެ ދުވަސް

ތާރީހަކީ 19 ނޮވެމްބަރު 2022 އެވެ. މިއީ މި އަހަރުގެ 323 ވަނަ ދުވަހެވެ. އަހަރު ނިމެން ބާކީ ދެން އޮތީ އެންމެ 42 ދުވަހެވެ. ހަފްތާއިން ބަލާނަމަ މިއަދަކީ ހޮނިހިރު ދުވަހެކެވެ. ކޮންމެއަކަސް މިއަދަކީ، އާދެ 19 ...

19 Nov 2022 | 15:10

ތާރީހަކީ 19 ނޮވެމްބަރު 2022 އެވެ. މިއީ މި އަހަރުގެ 323 ވަނަ ދުވަހެވެ. އަހަރު ނިމެން ބާކީ ދެން އޮތީ އެންމެ 42 ދުވަހެވެ. ހަފްތާއިން ބަލާނަމަ މިއަދަކީ ހޮނިހިރު ދުވަހެކެވެ.

ކޮންމެއަކަސް މިއަދަކީ، އާދެ 19 ނޮވެމްބަރަކީ ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަސް (International Mens Day) އެވެ. އަދި ހަމަ އެހެންމެ (World Toilet Day) އެވެ.

ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަހަށް ބަލައިލާއިރު މި ދުވަސް އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ 7 ފެބްރުއަރީ 1992 ގައެވެ. ނަމަވެސް ފަހުން މި ދުވަހުގެ ތާރީހު ވަނީ ކޮންމެ އަހަރެއްގެވެސް 19 ނޮވެމްބަރަށް ބަދަލުކޮށްފައެވެ.

ކޮންމެ އަހަރެއްގައިވެސް ފިރިހެނުންގެ ދުވަސް ފާހަގަކުރުމުގައިވެސް ހާއްސަ ތީމެއް އެކުލަވާލައެވެ. އެގޮތުން މި އަހަރަށް ބޭނުންކުރާ ތީމަކީ "ފިރިހެނުންނަށާއި ފިރިހެން ދަރިންނަށް އެހީވުން" (Helping Men and Boys) އެވެ.

ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަސް ފާހަގަކުރަމުން އަންނަނީ މައިގަނޑު ހަ ކަމެއްގެ މައްޗަށް ބަލައިގެންނެވެ. އެއީ ފިރިހެން ރޯލް މޮޑެލުން ޕްރޮމޯޓް ކުރުމާއި މުޖްތަމައުގައި ފިރިހެނުންގެ ބައިވެރިވުމާއި ހިއްސާގެ އަގު ވަޒަން ކުރުމާއި ފިރިހެނުންގެ ސިއްހީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ބާރުއެޅުމާއި ފިރިހެނުންނާއި އަންހެނުންނާއި ދެމެދު ކުރެވޭ ތަފާތު ނައްތާލުމާއި މިންތީގެ ހަމަހަމަކަށް ފުރުސަތުދިނުމާއި ފިރިހެނުންނަށް ރައްކާތެރި މުޖްތަމައެއް ކަށަވަރުކޮށްދިނުމެވެ.

މިއަދު ފާހަގަކުރާ ދެވަނަ ދުވަހަކީ ދުނިޔޭގެ ފާޚާނައިގެ ދުވަސް (World Toilet Day) އެވެ.

ދުނިގޭގެ ފާޚާނައިގެ ދުވަސް ފާހަގަކުރަމުން އަންނަނީ ގްލޯބަލް ސެނިޓޭޝަން ކްރައިސިސް އަށް ހައްލެއް ހޯދުމަށް މަސައްކަތްކުރުމުގެ މަގްސަދުގައެވެ. މި ދުވަސް ފާހަގަކުރަމުން އަންނަނީ "ވޯލްޑް ޓޮއިލެޓް އޮގަނައިޒޭޝަން" (WTO) އިންނެވެ. މި ދުވަސް އެންމެ ފުރަތަމަ ފާހަގަކުރީ 19 ނޮވެމްބަރު 2001 ވަނަ ދުވަހުގައެވެ. ނަމަވެސް ބައިނަލްއަގްވާމީ މުޖްތަމައު މި ދުވަސް ބަލައިގަނެ ބައިނަލްއަގްވާމީ ދުވަހެއްގެ ގޮތުގައި މި ދުވަސް ފާހަގަކުރަން ފެށީ 2013 ވަނަ އަހަރުގައެވެ.

ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަހާއި ދުނިޔޭގެ ފާޚާނައިގެ ދުވަހުގެ ތަހުނިޔާ ދުވަހުގެ ކިޔުންތެރިންނަށް އަރިސްކުރަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް