"ވާޖިން އެޓްލަންޓިކް"ގެ ދަތުރުތައް ރާއްޖެއަށް ފަށަނީ

މަޝްހޫރު އެއާލައިން، "ވާޖިން އެޓްލާންޓިކް" ގެ ދަތުރުތައް ރާއްޖެ އަށް ފަށަން ތައްޔާރުވެއްޖެ އެވެ. އިނގިރޭސިވިލާތުގެ ލަންޑަންގެ ހީތުރޯ އެއާޕޯޓުން ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ...

19 Nov 2022 | 13:32

މަޝްހޫރު އެއާލައިން، "ވާޖިން އެޓްލާންޓިކް" ގެ ދަތުރުތައް ރާއްޖެ އަށް ފަށަން ތައްޔާރުވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ލަންޑަންގެ ހީތުރޯ އެއާޕޯޓުން ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ސީދާ ދަތުރުތައް ކޮންމެ ހަފްތާއަކު ތިން ދުވަހު ބާއްވާނެ އެވެ. ދަތުރުތައް ފަށަން ނިންމާފައިވަނީ އަންނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.

އެ ދަތުރުތައް ކުރަން ހަމަޖެހިފައި ވަނީ ވާޖިން އެޓްލަންޓިކް އެއާވޭސްގެ ބޮއިންގް 787-9 މަރުކައިގެ މަތިންދާބޯޓުގަ އެވެ. އޭގައި "އަޕަ ކްލާސް" ގެ 31 ސީޓާއި، ޕްރިމިއަމް 35 ސީޓުގެ އިތުރުން 192 އިކޮނޮމީ ސީޓު ހިމެނެ އެވެ.

އެ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތަކުގެ ޓިކެޓް މާދަމާ ވިއްކަން ފަށާނެ ކަމަށް ވާޖިން އެޓްލާންޓިކުން ބުނެ އެވެ.

އިނގިރޭސިވިލާތުގެ ގައުމީ އެއާލައިން، ބްރިޓިޝް އެއާވޭސް އިން ވެސް އަންނަނީ ސީދާ ދަތުރުތައް ރާއްޖެ އަށް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް